ގުރޫޕްގެ ފަހު މެޗުގައި ފުވައްމުލައް ސިޓީ 1-0 އިން ބަލިކޮށް ކ. ގުރައިދޫން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
14 ޑިސެމްބަރ 2024
ގުރޫޕްގެ ފަހު މެޗުގައި ފުވައްމުލައް ސިޓީ 1-0 އިން ބަލިކޮށް ކ. ގުރައިދޫން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ގުރޫޕްގެ އެއްވަނަ ހޯދައިފި އެވެ.
މި ނަތީޖާއާ އެކު ގުރައިދުއަށް ހަ ޕޮއިންޓް ލިބިފައި ވާއިރު، ފުވައްމުލަކާ އެކު ގުރޫޕް އީ ގައި ދެން ހިމެނޭ ތ. ތިމަރަފުއްޓަށް ވެސް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެއީ ދެ ޓީމު ވާދަކޮށް 1-1 އިން އެއްވަރުވި މެޗުން ލިބުނު ޕޮއިންޓެވެ.
ތިމަރަފުށި ވެސް ގުރައިދޫ އަތުން ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއާ ގުޅިގެން ތިމަރަފުއްޓާއި ފުވައްމުލައް ވެސް ޕޮއިންޓާއި ގޯލުގެ ގޮތުން ވެސް އެއްވަރުވުމާ އެކު، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދާ ޓީމެއް ކަނޑައެޅުމަށް ނިންމާފައި ވަނީ ގުރުއަތުލައިގެންނެވެ. ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މިރޭގެ މެޗު ފަށައިގެން ފުވައްމުލަކުން ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރި އިރު، ގުރައިދޫން ވަނީ ކައުންޓާއެއްގައި ލިބުނު ހިލޭޖެހުމަކުން 34 ވަނަ މިނިޓުގައި ލީޑު ހޯދައިފަ އެވެ. ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމުން މުހައްމަދު ނާއިމް ފޮނުވާލި ބޯޅަ، ކުރިމަތީ ފާރަށް އެތުރި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ދިޔަ ވަގުތި ހޯދައި މި ގޯލު ޖަހައިދިނީ އަހުމަދު ޝުއޫން އެވެ.
ފުވައްމުލަކުން މެޗުގައި ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ގުރައިދޫގެ ކީޕަރު އަހުމަދު ސަމީރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހު ވަގުތު ގުރައިދޫގެ އިޝްއާފް މުހައްމަދު ފިރާގް ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ.
ޕެނަލްޓީން ގުރައިދޫ ބަލިކޮށް މާލެ ސެމީ ފައިނަލަށް!
ގުރައިދޫން ނުކުންނަނީ އަތޮޅުތެރޭގެ ފުޓްބޯޅައަށްޓަކައި!
ގުރައިދޫގެ ދެބަފައިން؛ ފުޓްބޯޅައިގެ މާޒީ އާއި ކުރިމަގު
ތިމަރަފުށި ބާރު ކަނޑުވާލުމަށްފަހު ގުރައިދޫން ކުއާޓާއަށް
އައްޑޫ އަތުން ޕޮއިންޓް ހޯދައި ގުރައިދޫ ފޭވަރިޓަކަށް
36 އަހަރަށް ފަހު ގުރައިދޫން ހުރާ ބަލިކޮށްފި
ޝަޔާމް؛ ބައްޕަގެ ފަރާތުން ވާރުތަވި ކެޕްޓަން ބޭންޑްގައި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް