ފުވައްމުލަކު ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ ސޯމާލިއާގެ ތިން މީހަކު ކޯސްޓްގާޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
23 ޑިސެމްބަރ 2024
ފުވައްމުލަކު ކައިރިން ޑިންގީއެއްގައި ދަތުރުކުރަމުން ދިޔަ ސޯމާލިއާގެ ތިން މީހަކު ކޯސްޓްގާޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ޑިންގީ ފެނުނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ.
ޝައްކުކުރެވޭ ޑިންގީއެއް ފެނިގެން އެ ސަރަހައްދަށް ކޯސްޓު ގާޑުން ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" ޑިންގީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިން ބުނީ އެ ޑިންގީގައި ތިބި ތިން މީހުންނަކީ ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުން ކަމަށް ބެލެވޭ ކަމަށެވެ.
ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާ މީހުން ތިބި ޑިންގީ ފުވައްމުލަކާ ކައިރި ކުރަނީ.
ނަމަވެސް ފުލުހުން ވަނީ ޑިންގީގައި ތިބީ ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާގެ ބައެއް ކަމަށް ބުނެފަ އެވެ.
ޑިންގީގައި ތިބި މީހުން މިހާރު ވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ފުވައްމުލަކަށް ގެންގޮސްފަ އެވެ.
މީގެ ކުރިން، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާދަނިކޮށް ވެސް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ.
އިރުވައި މޫސުމާ ދިމާކޮށް ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި ބޮޑުވެ އެވެ. އެކަމަކި މިއީ އެކަހަލަ ކަމެއްގައި އުޅުނު ބައެއް އަދި ނޭނގެ އެވެ.
ސޯމާލިއާ މީހުން ރާއްޖެ އައި ގޮތް ބަލަން ތަހުގީގެއް
ރާއްޖޭ ސަރަހައްދުން ފެނުނީ ސޯމާލިއާ ބައެއް: ޕޮލިސް
ދެ ބޯޓާއި ފަޅުވެރިން ފުލުހުންގެ ބެލުމުގެ ދަށަށް
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ފަލަސްތީނުގެ ޓީމުގެ އިންތިޒާމުތަކަށް ޓާސްކްފޯހެއް!
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި