ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ދެން ގެނެސްދޭ ފިލްމުގެ ނަމަކީ "ދަ އޮޑެސީ"ކަން އޭނާ އިއުލާންކޮށްފި އެވެ.
ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ދެން ގެނެސްދޭ ފިލްމުގެ ނަމަކީ "ދަ އޮޑެސީ"ކަން އޭނާ އިއުލާންކޮށްފި އެވެ.
ނަމަވެސް، އެ ފިލްމާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެއީ ވެމްޕަޔާތަކެއް ވާހަކަ ކިޔައިދޭ ޅެމެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނޯލަން ހަދަން އުޅޭ ވެމްޕަޔާ ފިލްމުގެ ލީޑު ރޯލަށް ނަގަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅޭނެ އެވެ.
އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅޭނެ އެވެ.
ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް ޕްރޮޑިއުސްކުރާ އެ ފިލްމު ސިނަމާތަކަށް ގެންނަނީ ޖުލައި، 2026 ގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. އެ ފިލްމަށް ވަނީ މިދިޔަ އަހަރުގެ އޮސްކާގައި ހަތް އެވޯޑް ލިބިފަ އެވެ. އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.
ނޯލަންގެ އާ ފިލްމުގެ ޓީޒާ ވެސް ލީކުކޮށްލައިފި
ނޯލަންގެ "ދަ އޮޑެސީ"ގެ ޕޯސްޓަރު ލީކުވެއްޖެ
ބިރުވެރި ފިލްމު "ސިނާސް"އަށް ބޮޑު ތަރުހީބެއް
"އެވެޓާ 3"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
ނޯލަންގެ އާ ފިލްމަށް އަހަރެއް ކުރިން ޓިކެޓް ވިއްކަނީ
އެއް ހަފުތާއިން "ސުޕަމޭން"އަށް 300 މިލިއަން ޑޮލަރު
"ސުޕަގާލް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
"ސުޕަމޭން"އަށް ތަރުހީބު ބޮޑު؛ 56 މިލިއަން ޑޮލަރު
ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ތަރިއަކަށް ސްކާލެޓް
"ޖުރެސިކް ވޯލްޑް ރީބާތު"އަށް ބޮޑު ކާމިޔާބީއެއް!