ދަނޑުވެރިންނަށް އޮތީ ފާގަތިކަން ކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
08 ޖެނުއަރީ 2025
ދަނޑުވެރިންނަށް އޮތީ ފާގަތިކަން ކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅު ތެރެއިން ގއ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެ ރަށުގެ އާއްމުން އެދިފައިވާ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރަން ކުރީގެ ސަރުކާރުން ވަނީ އެގްރޯނެޓް ނަމުގައި ކުންފުންޏެއް އުފައްދައިފަ އެވެ. އެކަމަކު، މި ސަރުކާރުން އެ ކުންފުނި އުވާލުމަށްފަހު، އެގްރޯނެޓުން ކުރަމުން ދިޔަ މަސައްކަތް، އެސްޓީއޯއާ ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯނަށް ވަނީ ބަދަލުކޮށްފަ އެވެ.
ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ތެރެއިން ގއ. ނިލަންދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު އަދި މި ރަށު ކައުންސިލްގެ ރައީސް ނާސިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"އެހެންވީމަ، އެގްރޯނެޓްގެ ތެރެއިން ނޫނީ އެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް މުހިއްމު ސިޔާސަތެއް. ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައި ކުރުމަށް ބަލާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭ ދާއިރާއެއް. އެކަން މިހާރަށްވުރެ ބޮޑު ތަނުން ރަނގަޅުކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،" މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެކަމުގައި އިންވެސްޓްކުރަން ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ ދަނޑުވެރިންނަށް އޮތީ އުފާ ފާގަތިކަން ރާއްޖޭގައި. ދަނޑުވެރިކަމުގެ ސިނާއަތް މިއަދާ ހަމައަށް އޮތް ވަރު އެތައް ގުނައަކުން ރަނގަޅުކޮށް، އެއީ ވަރަށް ރަނގަޅަށް ހިނގާ ފުޅާކުރެވޭ ސިނާއަތަކަށް ހެދުމަކީ މައިގަނޑު ސިނާއަތެއް،" ކަމަށް ރައީސް ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ ސަބަބުތަކާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ އިތުރުން ރައީސް ވަނީ އެ ރަށުގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމާއި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމާއި ބަނދަރު އިތުރަށް ތަރައްގީކުރުން އަދި ރަށް ގިރުމުގެ މައްސަލައަށް ހައްލު ގެނެސްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
1 ކޮޓަރި ދޫކޮށް، އެހެން ސްކީމަކުން ފުރުސަތު ދެނީ
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
އެންމެ ފަސްމިނިޓުން ވާނުވާ ބަންދު މީހުން ދޫކޮށްލެވޭނެ؟
ރައީސްގެ މާފަންނުގެ ބައްދަލުވުން: ކޮންމެ ކަމަކަށް ވަކިވަކިން އެޓެންޑު ކުރާނެ
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި
ފިސްކަލްޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ދެ އަހަރު
ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި
ރައީސް މުއިއްޒު ކެޕިޓަލް މޮބިލައިޒޭޝަން ބައްދަލުވުމުގައި