ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ މ. ގްރީން ބިލްޑިންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
14 ޖެނުއަރީ 2025
ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ މ. ގްރީން ބިލްޑިންގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ބެކައަޕް ސާވާތައް ބެހެއްޓުމަށް މަޝްރޫއުއެއް ހިންގަމުން ދަނިކޮށް ކަމަށާއި އަލިފާނުގައި ސާވާތައް އަނދައިގެން ދިޔައީ އެ މަޝްރޫއު ނިންމެން ގާތްވެފައި ވަނިކޮށް ކަމަށެވެ.
ސާވާތަކަށް އަލިފާނުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައި ކަމަށާއި އެހެންވެ، އެތަކެތި ރިކަވާ ކުރެވޭތޯ ސިންގަޕޫރަށް މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެކެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ރައްކާ ކޮށްފައި ހުންނާނީ އެ މިނިސްޓްރީގެ ސާވާގައި ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުރިހާ މައުލޫމާތަކާއި އެކިއެކި މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުންގެ މައުލޫމާތުތަކާއި އެކިއެކި ޕްރޮޖެކްޓްތަކުގެ މައުލޫމާތުތަކުގެ އިތުރުން ގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިންމު ލިޔުންތައް ވެސް ރައްކާ ކޮށްފައި ވަނީ ސާވާގަ އެވެ.
ހައުސިން މިނިސްޓްރީގެ އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ. އެ ތަކެތި ރައްކާ ކޮށްފައި ވަނީ ކްލައުޑުގަ އެވެ.
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
އަލިފާނުގެ ހާދިސާއާއި ގޯތިތަކުގެ މައްސަލައާ ގުޅުމެއްނެތް
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
"ފްލެޓް ލިސްޓް ޑިޖިޓަލް، އަލިފާނުގެ އަސަރެއް ނުކުރޭ"
ތުޅާދޫ ހައުސިން ޔުނިޓު ދޫކުރަން މިނިސްޓްރީ ހަވާލުވެއްޖެ
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ގުޅިފަޅުގެ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދިނުން އިންސާފުވެރި؟
ޝަރުތު ހަމަވި މީހުން ފްލެޓަށް އަލުން ކުރިމަތިލާން ޖެހޭ
ފްލެޓު ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުމުން