Roadha Mihaaru

މަސައްކަތް ހަލުވިކުރުމަށް ދިވެހި ޖީޕީޓީގެ އޭއައި ޓްރާންސްކްރިޕްޝަން

ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ދިވެހި ޖީޕީޓީ ޕްލެޓްފޯމަށް އާ ފީޗާއެއް ތައާރަފް ކޮށްފިއެވެ.

މަސައްކަތް ހަލުވިކުރުމަށް އޭއައި ޓްރާންސްކްރިޕްޝަން

ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ދިވެހި ޖީޕީޓީ ޕްލެޓްފޯމަށް އާ ފީޗާއެއް ތައާރަފް ކޮށްފިއެވެ.

އެ ފީޗާ އަކީ ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ޓްރާންސްކްރައިބްކުރާ ފީޗާ އެކެވެ. ސްޕީޗް ޓު ޓެކްސްޓް ނުވަތަ ވާހަކަ ދެއްކުމުން ލިޔުމަށް ބަދަލުވާ ފީޗާއަކީ ދުނިޔޭގެ ގިނަ ބަސްބަހުގައި އޭއައި ބޭނުންކޮށްގެން ކުރެވެން ހުންނަ ކަމެކެވެ. އެ ފީޗާ މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ބޭނުންކުރި ނަމަވެސް އާއްމުންނަށް އެ ފީޗާ ތަޖުރިބާ ކުރުމުގެ ފުރުސަތު މީގެ ކުރިން ނުލިބެ އެވެ. ޖަވާބު އެކަޑަމީން މި ފީޗާ އާއްމުންނާ ހަމައަށް ފޯރުކޮށްދީ އެ ސަބަބާ ހެދި އެވެ.

"ދިވެހި ޖީޕީޓީއިން ހިލޭ އަދި ކްރެޑިޓްސް ގަނެގެން ކޮންމެ މީހަކަށް ވެސް މިހާރު ދިވެހި އޯޑިއޯ ޓްރާންސްކްރައިބް ކުރެވޭނެ. އަދި ކިތަންމެ ކުރު އަދި ދިގު އޯޑިއޯއަކަށް ފަސޭހަކަމާއެކު ލިޔުމަށް ބަދަލުކޮށްލެވޭނެ. އަދި ސާފު އޯޑިއޯތައް އެކިއުރެސީ ހައިކޮށް ޓްރާންސްކްރައިބް ވާނެ" ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވި އެވެ.

ދިވެހި ބަހުން ދައްކާ ވާހަކަ ލިޔެދޭ އެ ޓެކްނޮލޮޖީ އުފައްދާފައިވަނީ ދިވެހި ހުނަރުވެރި ޒުވާނުންގެ އަމިއްލަ މަސައްކަތުންނެވެ. އެ ޓެކްނޮލޮޖީ އަކީ ޖަވާބުގެ ސީޓީއޯ އަރުޝަދު އަހުމަދު، ޔޫކޭގެ ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫޒްގައި މާސްޓާސް އިން އާޓިފިޝަލް އިންޓެލިޖެންސްގެ ތީސިސް މަސައްކަތުގެ މައްޗަށް ބިނާކޮށްގެން ހެދި އުފެއްދުމެކެވެ.

ޖަވާބު އެކަޑަމީން ދިވެހި ޖީޕީޓީއަށްއަށް ތައާރަފް ކުރި ފީޗާ ބޭނުން ކުރާނެ ގޮތުގެ ވީޑިއޯއެއް ވަނީ ނެރެފަ އެވެ.

ދިވެހި ޖީޕީޓީގައި ދިވެހިން ޓްރާންސްކްރައިބް ކުރުމަށް ގިނަ ވައްތަރުތަކެއްގެ އޯޑިއޯ ފައިލްތައް ސަޕޯޓްކުރެ އެވެ. އަދި އެމްޕީ4 ގެ ވީޑިއޯ ފައިލްވެސް ބޭނުން ކުރެވެ އެވެ. އޭގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް އޯޑިއޯ ރިކޯޑް ވެސް ކުރެވެ އެވެ.

އޯޑިއޯ ޓްރާންސްކްރައިބްކޮށް ނިމުމުން ފަސޭހަކަމާއެކު އޯޑިއޯގެ ބައިތައް އަޑުއަހާލާ ކަރެކްޝަންތައް ހެދޭނެ އެވެ. އަދި ސަބްޓައިޓަލްތައް ފައިލެއްގެ ގޮތުގައި ނުވަތަ ވޯޑްފައިލެއްގެ ގޮތުގައި ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. އޭގެ އިތުރުން އޯޑިއޯ ހުލާސާކޮށް، ޔައުމިއްޔާ ވެސް އޮޓޯއިން ޖެނެރޭޓް ކުރެވޭނެ އެވެ. މިއީ ސަރުކާރުގެ އެކިއެކި އިދާރާތަކާއި އެކި އޮފީސް މަސައްކަތްތަކުގައި ވަރަށް ގިނަ ވަގުތެއް ސަލާމަތްކޮށްދޭނެ ބޭނުންތެރި ފީޗާއެކެވެ.

ދިވެހި ޖީޕީޓީގެ އޭއައި ބޭނުންކޮށްގެން ޓްރާންސްކްރިޕްޓްތައް އިތުރަށް ޕްރޮސެސް ވެސް ކުރެވޭނެ އެވެ. އެގޮތުން އިނގިރޭސި ބަހާއި އަރަބި ބަހާއި ހިންދީ އަދި ބަންގްލަދޭޝް ބަހަށް ފަސޭހަކަމާއި އެކު ތަރުޖަމާ ކުރެވޭނެ އެވެ. ނުވަތަ ޓްރާންސްކްރިޕްޓްގެ މައުލޫމާތު ބޭނުންކޮށްގެން ތަފާތު ސުވާލުތަކަށް ޖަވާބު ހޯދައި، ވަކި ކަމަކާއި ގުޅިގެން ދެކެވުނު ވާހަކަތައް ވަކިކުރެވޭނެ އެވެ. އަދި ދެއްކި ވާހަކަތައް ވާހަކަ ދެއްކުމުގެ ސްޓައިލުން ލިޔުންތެރިކަމުގެ ސްޓައިލަށް ބަދަލުކޮށް، އެ ވާހަކަތައް މަޒުމޫނަކަށް ނުވަތަ ހަބަރަކަށް ވެސް ބަދަލު ކުރެވޭނެ އެވެ.

ދިވެހި ޖީޕީޓީގެ މިފަދަ މުހިއްމު ފީޗާތަކުގެ ސަބަބުން އޮފީސް މާހައުލާއި ދިރާސާކުރާ ފަރާތްތަކަށާއި ލިޔުންތެރީންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދާނެ އެވެ. މީގެ ކުރިން ދެ ދުވަހުން ކުރެވުނު ކަންތައްތައް ދެ ގަޑިއިރަށް ބަދަލުވެ، މަސައްކަތްތައް އިތުރަށް ހަލުވި ކުރެވޭނެ އެވެ. އަދި ފޫހިކަމާއެކު ކުރަންޖެހޭ، ގިނަ ވަގުތު ހޭދަވާ އެތައް ކަމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރުމަށް މަގުފަހި ވެގެންދާނެ އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ މިފަދަ ހިދުމަތްތައް ދިވެހި ބަހުން ލިބެން ހުރުމަކީ ދިވެހި ބަހަށް ވެސް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ. އަދި އަންނަން އޮތް ޖީލުތަކާ ހަމައަށް ބަސް ދިރުވާ އާލަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ނޯޓު: މިއީ ޖަވާބު އެކަޑަމީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.