އެމެރިކާގެ ރައީސްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަޕްމް ރެކޯޑް ގިނަ އަދަދަކަށް ރިޔާސީ ގަރާރުތައް ނެރުއްވަން ނިންމަވާފައި ވާއިރު ފުރަތަމަ ނިންމެވި ކަންކަމުގެ ތެރޭގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަކިވެއްޖެ އެވެ.
އެމެރިކާގެ ރައީސްކަމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަޕްމް ރެކޯޑް ގިނަ އަދަދަކަށް ރިޔާސީ ގަރާރުތައް ނެރުއްވަން ނިންމަވާފައި ވާއިރު ފުރަތަމަ ނިންމެވި ކަންކަމުގެ ތެރޭގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަކިވެއްޖެ އެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ސިއްހަތު ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ޓްރަމްޕް ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ވިދާޅުވީ "ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަހަރެމެން ފެލައިފި" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ޑަބްލިޔުއެޗްއޯ އަށް ޗައިނާއަށް ވުރެ މަދުން އެމެރިކާއަށް ހޭދަކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމަށެވެ.
މި ނިންމެވުމާ އެކު އެމެރިކާގެ ސިއްހީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި، ޕެންޑެމިކްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކުން އެމެރިކާ އިތުރަށް އެކަހެރިވެގެންދާނެކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ޓްރަމްޕުގެ ރިޔާސީ ފުރަތަމަ ދައުރުގައި ވެސް ޑަބްލިއުއެޗްއޯއިން ވަކިވުމުގެ މަސައްކަތް 2020 ވަނަ އަހަރު ފެއްޓެވި އެވެ. އެފަހަރު ހަ މަސް ދުވަސް ތެރޭ ވަކިވަން ނިންމައި އެ މަރުހަލާ ކުރިއަށް ގެންދަވަނިކޮށް ވެރިކަން ބަދަލުވެ ރައީސް ކަމަށް ޖޯ ބައިޑެން ވަޑައިގެން ޓްރަމްޕުގެ ނިންމެވުން ބަދަލުކުރެއްވީ އެވެ.
ޓްރަމްޕް ވަނީ ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ މެދު ޗައިނާ ޖަވާބުދާރީ ކުރުވުމުގައި ޑަބްލިޔުއެޗްއޯ ފެއިލްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑަބްލިއުއެޗްއޯއަކީ ޗައިނާގެ ޕަޕެޓެއް ކަމަށް ތަކުރާރުކޮށް ސިފަކުރައްވާފައިވެ އެވެ.
އެމެރިކާގެ ރައީސްކަމުގެ މަގާމާ ދެ ވަނަ ފަހަރަށް ހަވާލުވެ ވަޑައިގަތުމަށް ފަހު، ވެރިކަމުގެ ފުރަތަމަ ދުވަހު ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވަން ނިންމަވާފައިވާ ގަރާރުތައް ހިމެނޭ ފައިލްތަކާ އެކު ވައިޓް ހައުސްގެ މުވައްޒަފަކު ޓްރަމްޕުގެ އަރިހުގައި ހުއްޓިގެން. -- ފޮޓޯ: އޭއެފްޕީ
ޓްރަމްޕް ވިދާޅުވެފައިވަނީ ޑަބްލިޔުއެޗްއޯ އަށް ކުރާ ހޭދަ ބަދަލުކުރައްވާނީ އެމެރިކާގެ އެތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ކަމަށެވެ.
ޑަބްލިޔުއެޗްއޯ އަށް އެންމެ ބޮޑު ހޭދައެއް ކުރާ އެމެރިކާ އެ ޖަމިއްޔާއިން ވަކިވުމަކީ ބަލިތައް ކޮންޓްރޯލްކުރުމާއި އިމަޖެންސީ ރެސްޕޮންސް ސިސްޓަމްތަކަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ވެރިކަމުގެ ފުރަތަމަ ދުވަހު ޓްރަމްޕް ނިންމެވި އެހެން ބައެއް ކަންކަމުގެ ތެރޭގައި؛
● ޕެރިސް ކްލައިމެޓް އެގްރީމެންޓުން އެމެރިކާ ދެވަނަ ފަހަރަށް ވަކިވެފައިވާން ނިންމެވުން.
● ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔަ މީހުންނާ ދެކޮޅަށް އެމެރިކާގެ ކުރީގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން.
● ޓްރަމްޕަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި، ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގައިގެން ހުކުމް އައި 1،500 މީހުންނަށް މާފު ދެއްވުން.
● ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ކިއުބާގެ ނަން، ކުރީގެ ރައީސް ޖޯ ބައިޑެން އުނިކުރައްވާފައި ވަނިކޮށް އެ ގައުމު އަލުން އެ ލިސްޓުގައި ހިމެނުން.
● ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި ވާތީ އެކަން ފުރިހަމަ ކުރުމަށް އިތުރު 75 ދުވަސް ދެއްވުން.
މި ކަންކަމުގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން ޕެނަމާ ކެނަލް އަތުލާނެކަން ވެސް އިއުލާނުކުރައްވައިފަ އެވެ. އަދި އެމެރިކާގައި މިއަދުން ފެށިގެން ރަސްމީކޮށް ބަލައިގަންނާނީ "އަންހެން އަދި ފިރިހެން ޖިންސު އެކަނި" ކަމަށް އިއުލާނުކުރައްވައި، ޖިންސީ ހަމަހަމަކަން ގާއިމުކުރުމުގެ ނަމުގައި ސަރުކާރުން ހިންގަމުން ދިޔަ ޕްރޮގްރާމްތަކެއް ވެސް ހުއްޓާލަން ނިންމަވައިފަ އެވެ.
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ