ލަންޑަން (ޖެނުއަރީ 21) - ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ކުޅުން ރަނގަޅު ކަމަށާއި ކީޕަރަށް ހެދޭ ގޯސްތަކުގައި ފާޑުކިޔުމުގެ ކުރިން ވިސްނާމުމަށް ކޯޗު އެންޒޯ މަރަސްކާ އެދިއްޖެ އެވެ.
21 ޖެނުއަރީ 2025
ލަންޑަން (ޖެނުއަރީ 21) - ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒްގެ ކުޅުން ރަނގަޅު ކަމަށާއި ކީޕަރަށް ހެދޭ ގޯސްތަކުގައި ފާޑުކިޔުމުގެ ކުރިން ވިސްނާމުމަށް ކޯޗު އެންޒޯ މަރަސްކާ އެދިއްޖެ އެވެ.
ވުލްވްސް އަތުން 3-1 ން މޮޅުވި މެޗުގައި ސަންޗޭޒް އަށް ހެދުނު ގޯސްތަކާ ގުޅިގެން އޭނާ އަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފުރަތަމަ ހާފުގައި ވުލްވްސްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހީ ސްޕެއިންގެ ކީޕަރަށް ހެދުނު ފީކަޅާ ގޯހަކުންނެވެ. ވުލްވްސްއިން ނެގި ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ހިފުމަށް ފަހު އޭނާ އަތުން ބޯޅަ ދޫވެގެން ވެއްޓުނެވެ. އެ ފުރުސަތުގައި ވުލްވްސްގެ ލަނޑު މަޓް ޑޮކެޓީ ޖެހި އެވެ.
އެ ބޯޅައަކީ އެ މެޗުގައި ސަންޗޭޒަށް ހެދުނު ހަތަރުވަނަ ގޯހެވެ.
ސަންޗޭޒްގެ ދިފާއުގައި ވާހަކަ ދައްކަމުން މަރެސްކާ ބުނީ ހުރިހާ ކުޅުންތެރިންނަށް ވެސް ގޯސް ހެދޭނެ ކަމަށެވެ. އެކަމަކު ކީޕަރަށް ފާޑުކިޔުމުގެ ކުރިން އޭނާ ޓީމު ސަލާމަތްކޮށް ދިނީ ކިތައް ފަހަރުތޯ ހަނދާން ކުރަން ޖެހޭ ކަމަށެވެ.
"ހަތަރު ވަނަ ގޯހުން ބޯޅަ ބައިކޮޅަށް ވަނީއޭ؟ ކިތައް ފަހަރު އޭނާ އަހަރެމެން ސަލާމަތް ކުރީ. އަހަންނަށް ހީވަނީ ހަތަރު ފަހަރަށް ވުރެ ގިނައިން އޭނާ އަހަރެމެން ސަލާމަތްކޮށްދިން ހެން. އޭނާ އަށް ވެސް ގޯސް ހެދޭނެ. މައްސަލައެއް ނޫން ފޯވާޑުންނަށް އަދި ޑިފެންޑަރުންނަށް ވެސް ކިހާ ގޯހެއް އެދެނީ. މައްސަލައެއް ނޫން. ރަބަޓް [ސަންޗޭޒް] ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން،" މަރެސްކާ ބުންޏެވެ.
މެޗުން މޮޅުވެ ޗެލްސީ ވަނީ ގަދަ ހަތަރެއްގެ ރޭހަށް އަލުން ވަދެފަ އެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ޗެލްސީއާ ދެމެދު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ. މި ދެ ޓީމު އަންނަ ހޮނިހިރު ދުވަހު ވާދަކުރާނެ އެވެ.
މަރެސްކާ ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފުރަތަމަ 40 މިނެޓްގައި ވަރަށް ރަނގަޅަށް ޗެލްސީން ކުޅުނު ކަމަށެވެ.
"ފަހު ފަސް މިނެޓް ދިޔައީ ވަރަށް އުނދަގޫކޮށް. އެ މީހުން ލަނޑު ޖެހީމަ އަހަރެމެންގެ ހިތްވަރު ކޮންމެވެސް ވަރަކަށް ދަށްވި. އެއީ މި ސީޒަނުގައި ބައެއް ފަހަރަށް ވެފައި ހުރި ގޮތެއް. އެ ހާލަތުން އަރައިގަންނާނެ ގޮތް ރަނގަޅަށް ދަސްކުރަން ޖެހޭ،" މަރެސްކާ ބުންޏެވެ.
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ގެއްލުން ކުރިމަތިވުމުން ޗެލްސީގެ ހޮޓެލްތައް ވިއްކާލައިފި
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި