މެންޗެސްޓާ ޔުނައިޓެޑްގެ ޓީމާ ބެހޭގޮތުން އޭނާ ދެއްކި ވާހަކައިން މިހާރު ދެރަވާކަން ކޯޗު ރުބެން އަމޯރިމް ހާމަކޮށްފި އެވެ.
23 ޖެނުއަރީ 2025
މެންޗެސްޓާ ޔުނައިޓެޑްގެ ޓީމާ ބެހޭގޮތުން އޭނާ ދެއްކި ވާހަކައިން މިހާރު ދެރަވާކަން ކޯޗު ރުބެން އަމޯރިމް ހާމަކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު، ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު އަމޯރިމް ބުނެފައި ވަނީ ޔުނައިޓެޑްގެ މިހާރު އޮތް ޓީމަކީ އެ ކްލަބްގެ ތާރީހްގައި ވެސް މިހާތަނަށް އޮތް އެންމެ ދަށް ޓީމަށް ވެދާނެ ކަމަށެވެ.
ޔޫރޮޕާ ލީގުގައި މިރޭ ރޭންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އިއްޔެ ވާހަކަ ދައްކަމުން އަމޯރިމް ބުނީ އޭނާ އަށް އެ ވާހަކަ ދެއްކުނީ ޒުވާންކަމުގެ ޖޯޝުގައި ޖެހިގެން ކަމަށެވެ. އެއީ ކުޅުންތެރިންނަށް ވުރެ ބޮޑަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރުމުގެ ގޮތުން ދެއްކި ވާހަކައެއް ކަމަށް އަމޯރިމް ބުންޏެވެ.
"ބައެއް ފަހަރު ހިތްހަމަނުޖެހުން ފޮރުވަމަކީ އުނދަގޫ ކަމެއް. އެކަމަކު ރަނގަޅު ކަމަކީ ހަމަ އެއް ވާހަކައެއް ތަފާތު ގޮތަކަށް އަހަރެން ކުޅުންތެރިން ކައިރީގައި ވެސް އޭގެ ފަސް މިނެޓް ކުރިން ބުނެފައި ވާތީ. އެ ޖާވާބަކީ ހަމަ އާދައިގެ ކަމެއް. ސަބަބަކީ އަހަރެން ޖެހޭނެ އަހަރެން ޖެހޭނެ އަހަރެންގެ ކުޅުންތެރިންގެ ކައިރީގައި ވެސް ހަގީގަތަށް ބުނަން،" އުމުރުން 39 އަހަރުގެ ކޯޗު ބުންޏެވެ.
"އަހަންނަކީ ޒުވާނެއް އަދި ބައެއް ފަހަރު އަހަންނަށް ގޯސް ހެދޭ. އެހެންވެ މެޗަށް ފަހު އަހަރެން (އާންމުގޮތެއްގައި) މާ ގިނަ ވާހަކައެއް ނުދައްކަނީ. އެ މެޗަށް ފަހު އަހަރެން ޖެހޭނެ (އިތުރަށް) ވާހަކަ ދައްކަން. ފަހަރެއްގައި އެއީ ހެދުނު ގޯހަކަށް ވެދާނެ. އެއަށް ފަހު އަހަރެން އިތުރަށް ހާސްވި އަދި ނޫސް ކޮންފަރެންސަށް ދިޔައީ ވެސް ހާސްވެގެން ހުރެ. އަހަރެން އެހެން ބުނެގެން ނުވާނެ. އަހަރެންނަކީ ޒުވާނެއް އަދި އަހަންނަށް ހެދުނީ ގޯހެއް."
އޭނާ ބުނީ ހަގީގަތަށް ނުބުނެވިއްޖެނަމަ، ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ. ކުޅުންތެރިންގެ ގާތުގައި ވެސް ނުބި ވާހަކަ ނޫސްވެރިންގެ ގާތުގައި ވެސް ބުނީ އެ ހަގީގަތް ގަބޫލުކުރުމުގެ ގޮތުން ކަމަށް ސްޕޯޓިން ލިޒްބަންގެ ކުރީގެ ކޯޗު ބުންޏެވެ.
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ޔުނައިޓަޑް ބަލިކޮށް، ވިޔަރެއާލް ޗެމްޕިއަންކަން ހޯދައިފި
ޔުނައިޓަޑް ފައިނަލާ ގާތަށް، ވިޔަރެއާލަށް ހަނި މޮޅެއް
އާސެނަލް އާއި ޔުނައިޓަޑް ސެމީ އަށް
ގްރަނާޑާ ބަލިކޮށް ޔުނައިޓަޑް ސެމީއާ ގާތަށް
ޔުނައިޓެޑް ދެ ވަނަ ބުރާ ގާތަށް، އިންޓަ ކަޓައިފި
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ޔުނައިޓެޑުން އިތުރު 200 މުވައްޒަފުން ވަކި ކުރަނީ
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނިއުޒިލެންޑުން ކޯޓަށް