ލަންޑަން (ޖެނުއަރީ 27) - ލިސަންޑްރޯ މާޓިނޭޒްގެ "ނަސީބު ރަނގަޅުކަމުން ޖެހުނު" ގޯލުން ފުލަމްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ރޭ ހިނިތުންވުން ލިބިއްޖެ އެވެ.
27 ޖެނުއަރީ 2025
ލަންޑަން (ޖެނުއަރީ 27) - ލިސަންޑްރޯ މާޓިނޭޒްގެ "ނަސީބު ރަނގަޅުކަމުން ޖެހުނު" ގޯލުން ފުލަމްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ރޭ ހިނިތުންވުން ލިބިއްޖެ އެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު 78 ވަނަ މިނެޓްގައި މާޓިނޭޒް ޖެހީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލައިގެންނެވެ. ޔުނައިޓެޑުން އުފެއްދި ހަމަލާ ފުލަމްގެ ކުޅުންތެރިން ދިފާއުކުރުމުން ރީބައުންސްވި ބޯޅަ އޭރިއާގެ ބޭރުން ލިބުނީ މާޓިނޭޒް އަށެވެ. އޭނާއާ ގޯލާ ދެމެދު ހުރަހަކަށް، ފުލަމްގެ ގިނަ ކުޅުންތެރިންތަކެއް ވެސް ތިއްބެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ އޮއްސާލާފައި ކީޕަރު ބޯމަތިން ގޮސް ގޯލްގެ ތެރެއަށް ވަނެވެ.
މާޓިނޭޒް ބުނީ އެ ގޯލް ޖެހުނީ އޭނާގެ ނަސީބު ރަނގަޅުވުމުން ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަރެންގެ ނަސީބު ވެސް ރަނގަޅީ ހެން. އެކަމަކު މިއީ ވަރަށް މުހިންމު މޮޅެއް. އަހަރެން ވަރަށް އުފާވޭ އަހަރެން މޮޅުވި ގޮތާ މެދު. ލަނޑުޖެހީ ކާކުތޯ އަހަންނަކަށް މުހިންމެއް ނޫން. އެންމެ މުހިންމު އެއްޗަކީ ތިން ޕޮއިންޓް،" މެޗަށް ފަހު ވާހަކަ ދައްކަމުން މާޓިނޭޒް ބުންޏެވެ.
"މިއީ ސަޕޯޓަރުންނަށް އެކަނި ހާއްސަ މޮޅެއް ނޫން. އަހަރެމެންނަށް [ކުޅުންތެރިންނަށް] ވެސް ހާއްސަ މޮޅެއް. ސަބަބަކީ އަހަރެމެން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލައިފިން. މިއީ ވަރަށް އުނދަގުލުން ލިބުނު މޮޅެއް. މި ކްލަބްގައި ޕްރެޝަރު ވަރަށް ބޮޑު. އެކަމަކު އެހުރިހާ ކަމެއް އެނގިގެން އަހަރެމެން މި ކްލަބްގައި މި ތިބެނީ. އެނގޭ ކިހާ އުނދަގޫ ކަމެއްކަން. މިކަހަލަ މެޗުތަކުން ވެސް ވަރަށް އުނދަގުލުން ވިޔަސް މޮޅުވުމަށް ފަހު ވެސް ހިތްތިރި ބައެއްގެ ގޮތުގައި އަހަރެމެން ތިބެންޖެހޭނެ."
ފުލަމްގެ ކޯޗު މާކޯ ސިލްވާ ވެސް ބުނީ ޔުނައިޓެޑް މޮޅުވީ ނަސީބަކުން އެ ބޯޅަ ގޯލަށް ވަނުމުން ކަމަށެވެ. ޕޯޗުގަލްގެ ކޯޗު ބުނީ މުޅި މެޗުގައި ގިނައިން ބޯޅަ ގެންގުޅެ ކުޅުނީ އޭނާގެ ޓީމު ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން ގޯލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ޝޮޓެއް. ނަސީބު ރަނގަޅު ކަމުން ބޯޅައިގެ އަމާޒު ބަދަލުވެގެން ގޯލަށް ވަނީ،" މާކޯ ސިލްވާ ބުންޏެވެ.
މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ 12 އަށް ޖެހިލައިފަ އެވެ. ކުރިން އެ ޓީމު އޮތީ 13 ވަނައިގަ އެވެ.
ބަލިވިޔަސް ޔުނައިޓެޑްގެ ބޮޑުމަންޒަރު އުޖާލާ: ޓެންހަގް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ