ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ފީފާގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.
02 ފެބުރުއަރީ 2025
ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ފީފާގައި މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.
މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސްޓްރެޓެޖިކް މަގާމެއްގެ ގޮތުގައި ޖައުޝަން އަދާކުރައްވާ މަގާމުގެ ގޮތުން ރާއްޖޭގެ އެފްއޭގެ ކަންކަމުގައި ވެސް އޭނާ ލަފާ ދެއްވަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ (އެންސީ) ގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ އެންސީން ކަމަކާ ގުޅޭ ގޮތުން މަޝްވަރާއެއް ހޯދަން އެދިއްޖެނަމަ އެކަމުގެ އެހީތެރިކަން ޖައުޝަން ދެއްވާ ކަމަށެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގެ އެންމެ ފަހުގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ނޮވެމްބަރު 2023 ގައި އައްޔަން ކުރުމުގެ ކުރިން ވެސް އޭނާ ގެންދެވީ އެފްއޭއެމްގެ ލީގަލް ޑިޕާޓްމެންޓްގެ އެންމެ އިސް މަގާމު އަދާކުރައްވަމުންނެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ބައްސާމްގެ ދައުރުގައި ދެ ފަހަރެއްގެ މަތިން ބާއްވަން އުޅުނު އިންތިހާބު ފެއިލްވި އިރު ޖެނަރަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދެވީ ޖައު އެވެ.
އެކްޓިން ޖެނަރަލް ސެކްރެޓަރީކަމުގެ މަގާމާ ހަވާލުވެ، ބައެއް ކަންކަން ހިނގާފައިވާ ގޮތުން ޖައުޝަން އަށް ފާޑުކިޔުން އަމާޒުވި އެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސް އުސޫލާ ހިލާފަށް ބޭއްވި އިރު ވެސް އެކަމުގައި އޭނާ ހިއްސާވި ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭގެ ފަހުން ވެލެންސިއާ ސަސްޕެންޑް ކުރަން، އެފްއޭއެމުން ނިންމުމުން، އެ ކްލަބްގެ ފާޑުކިޔުންތައް ޖައުޝަން އަށް އަމާޒުވި އެވެ. އެ ކްލަބުން ބުނެފައި ވަނީ އެފްއޭއެމުން، ސަސްޕެންޑް ކުރީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.
އެފްއޭއެމްގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
ނޯމަލައިޒޭޝަން ކޮމިޓީން އަހްމަދު އިސްތިއުފާ ދީފި
ޒުހޫރާ އެކު، ހާލަތު ބަދަލުވުމުގެ އުންމީދު ކުޑަ؟!
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
ޕްރެޒިޑެންޓްސް ކަޕް ވާންޖެހޭނީ ޝަރަފުވެރި ތައްޓަކަށް
ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު