ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސިމްޑީ ގްރޫޕަށް 24 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
02 ފެބުރުއަރީ 2025
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ސިމްޑީ ގްރޫޕަށް 24 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
ސިމްޑީ ކުންފުންޏަށް 24 އަހަރު ފުރުމުގެ ގޮތުން މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ ވިދާޅުވީ އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ބައިނަލްއަގްވާމީ މައިދާނުގައި މަޝްހޫރު ބްރޭންޑުތަކާއެކު އޮންނަ ގުޅުމާއި ކަސްޓަމަރުން އެ ކުންފުންޏާއި ކުންފުނިން ވިއްކާ ޕްރޮޑަކްޓުތަކަށް ކުރާ އިތުބާރު ކަމަށެވެ.
ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ.
"އަޅުގަނޑުމެންގެ ކުރިމަގު ބިނާކުރާނީ ވެސް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމުގައި, މާކެޓުގައި އަންނަ ބަދަލުތަކާއި އެއްކޮށް ވެސް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމި ތިބޭނަން." މިޝަލް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު, ޔޫޝައު ސައީދު ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނާއި ނުލައި، ކާމިޔާބީ އާއި ކުރިއެރުންތައް ނުހޯދޭނެ ކަމަށެވެ.
ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު މުވައްޒަފުންނާއި ވާހަކަ ދައްކަވަނީ.
"އަޅުގަނޑުމެންގެ ކުންފުނީގެ ކުރިއެރުމުގެ އަސްލަކީ މުވައްޒަފުން. އަޅުގަނޑުމެންނަށް ވިޔަފާރި ފުޅާކޮށް, ތަރައްގީ ކުރެވެނީ މުވައްޒަފުންނާ ގުޅިގެން ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން." ޔޫޝައު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ޕްރޮޑަކްޓްތައް މާކެޓަށް ނެރެ ވިއްކަމުންދާ ސިމްޑީއަކީ އެކި ދާއިރާތަކާ ގުޅުން ހުރި ތަކެތި ވިއްކާ އަދި އެކި ދާއިރާތަކުން ހިދުމަތްދޭ ކުންފުންޏެކެވެ. އޭގެ ތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކްސް އަދި ފޮޓޯގްރަފީ އާއި ރިސޯޓުތަކަށް ހާއްސަ ސަޕްލައި ވިޔަފާރިތައް އެ ކުންފުނީ އަންނަނީ ކުރަމުންނެވެ. އަދި އެ ކުންފުނީގެ ދަށުން "ބިއޯންޑް"ގެ ނަމުގައި ލަގްޒަރީ އެއާލައިނެއް ވެސް ދަނީ ހިންގަމުންނެވެ.
ސިމްޑީ ގްރޫޕުގެ ބައެއް މުވައްޒަފުން.
އެ ކުންފުނިން 15,000 އަށް ވުރެ ގިނަ ޕްރޮޑަކްޓް އަންނަނީ ވިއްކަމުންނެވެ. އޭގެ ތެރޭގައި 200 ބްރޭންޑުގެ މުދާ ހިމެނެ އެވެ.
ސިމްޑީއަކީ އިލީ ކޮފީ އާއި ކެނޮން އަދި ދިލްމާ ޓީ ފަދަ މަގުބޫލު އެކި ބްރޭންޑުތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ސިމްޑީގެ ދަށުން މި ވަގުތު ހިންގަމުންދާ 5 ވިޔަފާރިއެއް އޮވެ އެވެ. އެއީ ސިމްޑީ ރެސޫ އާއި ސިމްޑީ ޓެކް އާއި ސިމްޑީ ބެވްގެ އިތުރުން ސިމްޑީ ސީޕީޑީ އަދި ބިއޯންޑް އެއާލައިން އެވެ.
ސިމްޑީގެ އަހަރީ ދުވަސް ފާހަގަކުރަން ލޭ ހަދިޔާކޮށްފި
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި
ސިމްޑީގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ސިމްޑީ ރެކްރިއާ ފިހާރައިން ޑިސްކައުންޓު ދެނީ
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
ކެރުމާއި ވާހަކަ ދެއްކުމުގެ ހުނަރުން ވިދާލި ދެ ކުދިން
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އިލީ ކޮފީ ހިމަނައިގެން 7 ވައްތަރެއްގެ އާ ބުއިންތަކެއް
ބިއޯންޑްއަށް އަހަރެއް، ގޮންޖެހުންތަކާއެކު ވެސް ކާމިޔާބު