ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް 2015 އަހަރު ބަން "ކަޅުއޮއްފުންމި" ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
11 މާޗް 2017
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް 2015 އަހަރު ބަން "ކަޅުއޮއްފުންމި" ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރުމަށް ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމީގެ ނަމޫނާއެއްގެ ގޮތަށް ބަން މި އޮޑި މިހާތަނަށް ބާއްވާފައި އޮތީ މާލޭގެ ސިޓީ ޕާކުގަ އެވެ.
އެމްއެންޑީއެފުން ބުނީ ކަޅުއޮއްފުންމި އެތަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރު ބާއްވާ ބައެއް ހަރަކާތްތަކުގައި ކަޅުއޮއްފުންމި ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިނިވަން ފަންސާހުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ފަހު، ކަޅުއޮއްފުންމި ބާއްވަން ނިންމީ ހުޅުމާލޭގައި ހުންނަ ހެރިޓޭޖް އިމާރާތުގަ އެވެ. ނަމަވެސް އެ އިމާރާތް ހަދައި ނުނިމޭތީ ސަރުކާރުން ވަނީ އެ ތަނަށް އޮޑި ގެންދިއުމުގެ ބަދަލުގައި މާލޭގައި އާންމުންނަށް ފެންނާނެހެން ބެހެއްޓުމަށް ނިންމައިފަ އެވެ.
އެކަމަކު މިހާތަނަށް އައި އިރު ވެސް އެ ޕާކު ރަސްމީކޮށް އާއްމުންނަކަށް ހުޅުވައެއް ނުލަ އެވެ.
ފަންސާހަކަށް ފޫޓުގެ މި އޮޑި ބަނދެފައިވަނީ ވަކަރު ބޭނުންކޮށްގެން ހދ. ނޭކުރެންދޫގަ އެވެ. އެ މަސައްކަތް ކުރީ މެރިޓައިމް އެންޑް އަންޑާ ވޯޓާ ހެރިޓޭޖް ޖަމިއްޔާ އިންނެވެ.
ޕާކް ނުހުޅުވި ލަސްވަނީ ބައެއް ތަކެތި ބޭރުން ގެންނާތީ
ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ނިމިއްޖެ
ކަޅުއޮށްފުންމި މާލޭ ސިޓީ ޕާކަށް ބަދަލުކޮށްފި
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
މާލޭގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށައިފި
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު