Roadha Mihaaru

މައްސަލަތަކެއް ބަލާތީ ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފާ ގުޅޭ މައްސަލައެއް ބަލަމުންދާތީ، އޭނާ އެ މަގާމުން ސަސްޕެންޑު ކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

04 ފެބުރުއަރީ 2025

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފާ ގުޅޭ މައްސަލައެއް ބަލަމުންދާތީ، އޭނާ އެ މަގާމުން ސަސްޕެންޑު ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "މިހާރު" އަށް މިއަދު ވިދާޅުވީ ހުސައިން ޝަރީފާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތަކެއް ބެލުމަށް، އިއްޔެއިން ފެށިގެން އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ކުރިން ޔޫތާއި ސްޕޯޓްސް އެއްކޮށް ހިންގި އިރު ޕީއެސްގެ މަގާމަށް ހުސައިން ޝަރީފު އައްޔަން ކުރީ މޭ 2018 ގަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ މިހާރުގެ އެކްޓިން ޕީއެސް އަލީ ޒަކީ

ސްޕޯޓްސް މިނިސްޓްރީގެ މިހާރުގެ އެކްޓިން ޕީއެސް އަލީ ޒަކީ

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުސައިން ޝަރީފު ސަސްޕެންޑު ކުރިކަން ސިވިލް ސާވިސް ކޮމިޝަނުން އަދި އަންގާފައި ނުވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ވެސް އޭނާ އޮފީހަށް ނުކުންނެވި އެވެ.

ނާސިހް ވިދާޅުވީ ޕީއެސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އަލީ ޒަކީ ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވައިފަ އެވެ. އެ މަސްއޫލިއްޔަތުތައް އޭނާ އެންމެ ފަހުން އަދާކުރެއްވީ 2016 އާއި 2018 އާ ދެމެދު އެވެ.