ދެ ގައުމަކުން އަލަށް ހަމަޖެއްސި ސަފީރުންގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
04 ފެބުރުއަރީ 2025
ދެ ގައުމަކުން އަލަށް ހަމަޖެއްސި ސަފީރުންގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ނިކޮލަސް ޑޭވިޑް ލޯ އަދި ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ ވަނީ ރައީސަށް ފަތްކޮޅު އަރުވައިފަ އެވެ.
އިނގިރޭސިވިލާތުގެ ސަފީރަށް މަރުހަބާ ވިދާޅުވެ ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ހާއްސަކޮށް މަތީ ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އޭގެ އިތުރުން މޫސުމީ ބަދަލުތަކަށް ހޭނުމާއި އެކަމުގެ ސަބަބުން ދިމާވާ ހާލަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ.
ޖަޕާނުގެ ސަފީރު އިޝިގާމީ ރުމީކޯ، ރައީސް ޑރ. މުއިއްޒަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް މަރުހަބާ ވިދާޅުވެ، ޖަޕާނުގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އެ ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަންކަމުގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުސަތުތައް އިތުރަށް ފަހިކުރުން ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ރައީސާއި ޖަޕާނު ސަފީރު ވަނީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިތުރަށް ގުޅުން ބަދަހިކުރުމުގެ މައްޗަށް ވާހަކަދައްކަވައިފަ އެވެ.
ރައީސް ވަނީ ޖަޕާނުން ރާއްޖެއަށް ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރާއްޖެ އާއި ޖަޕާނުން ސިޔާސީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 14، 1967 ގަ އެވެ.
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
ބަދަލު ހިފަން އެއްވެސް ކަމެއް ނުހިންގާނަން: ރައީސް
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"ވައުދު ފުއްދޭނެ ބަޖެޓެއް، އަމަލީ ނަތީޖާ ނެރެދޭނަން"
އެޗްޓީއެސްއަކީ ޓެރަރިސްޓުންކަމަށް ރާއްޖެއިން ބަލާނެ
މަންމޯހަންގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކޮށްފި
ޑްރަގްގެ ގާނޫނާއި ގޭންގް ކުށްތަކުގެ ބިލެއް މަޖިލީހަށް