Roadha Mihaaru

ޕީސީބީގެ ރައީސްކަމުން ހަމްދީ ވަކިކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަގާމުން ވަކިކުރައްވައިފި އެވެ.

ޕީސީބީގެ ރައީސްކަމުން ހަމްދީ ވަކިކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަގާމުން ވަކިކުރައްވައިފި އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.

ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 22، 2023 ގަ އެވެ.

އޭނާ މީގެ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ހަމްދީ މަގާމުގައި ހުންނަވައިގެން އެންމެ ފަހުން އިއްޔެ ވަނީ ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ދެ ސާކިއުލާއެއް ނެރުއްވައިފަ އެވެ. އެއީ ކުރިއަށް އޮތް ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދޭ ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާ އެކެވެ.