ގޭތެރެ ޒީނަތްތެރިކުރުމާއި ހޯމްއެޕްލަޔަންސްގެ އެކި އުފެއްދުންތައް ވިއްކާ އޭސް ހާޑްވެއާއިން ޕިލިޕްސް ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ފަށައިފި އެވެ.
16 ފެބުރުއަރީ 2025
ގޭތެރެ ޒީނަތްތެރިކުރުމާއި ހޯމްއެޕްލަޔަންސްގެ އެކި އުފެއްދުންތައް ވިއްކާ އޭސް ހާޑްވެއާއިން ޕިލިޕްސް ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ފަށައިފި އެވެ.
އޭސް ހާޑްވެއާ އާއި ފިލިޕްސް ގުޅިގެން އެ ބްރޭންޑުގެ ގިނަ ވައްތަރުތަކެއްގެ އެޕްލަޔަންސްތައް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ ޖެނުއިން ފިލިޕް އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދީ, ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ވިއްކަން ފެށި ބްރޭންޑެއް ކަމަށް އޭސް އިން ބުންޏެވެ.
އޭސްހާޑްވެއާގައި ޑިސްޕްލޭކޮށްފައި ހުރި ފިލިޕްސް ބްރޭންށުގެ އެޕްލަޔަންސްތައް.
އޭސް ހާޑްވެއާ އިން ބުނިގޮތުގައި އެ ތަނުގެ ފިހާރަތަކުން ވިއްކާ ފިލިޕްސް ބްރޭންޑުގެ ޕްރޮޑަކްޓުތަކަކީ އިތުރު އެޑަޕްޓަރަކާއި ނުލައި، ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ޔޫކޭ ޓައިޕް ޖީ ސޮކެޓަށް ޕްލަގްއިންކޮށް ބޭނުން ކުރެވޭނެ ތަކެއްޗެވެ. މިއީ ރައްކާތެރިކަމާ އެކު, ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭނެ ޕްރޮޑަކްޓުތަކެއް ކަމަށް ބުންޏެވެ.
އޭސް ހާޑްވެއާގެ ސޯޝަލް މީޑިއާ ޕޯސްޓެއް.
މި އަހަރުގެ ރޯދަމަސް ފަށަން ތައްޔާރުވަމުން އަންނައިރު, އޭސް އިން ނެރުނު ފިލިޕްސް ބްރޭންޑުގެ ޕްރޮޑަކްޓު ލައިންގައި އާއްމުކޮށް ރޯދަމަހަށް ބޭނުންވާނެ ގިނަ ތަކެތި ހިމެނެ އެވެ. އޭގެ ތެރޭގައި ޓޯސްޓާ, މިކްސްޗާ, އެއާފްރާ, ހޭންޑްބްލެންޑާ އަދި ކޯޑްލެސް ވެކިއުމް ފަދަ ތަކެތި ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ޕްރޮޑަކްޓު އެ ތަނުން ލިބޭނެ އެވެ.
އޭސް ހާޑްވެއާގައި ހުރި ފިލިޕްސް ބްރޭންޑުގެ އެޕްލަޔަންސްތަކެއް.
ރޯދަމަހަށް ގޭތެރެ ޒީނަތްތެރި ކުރުމާއި ހިފައި ގެންގުޅޭ ތަކެތި އާ ކުރުމަށް ބޭނުންވާ މީހުންނަށް ފެންވަރު ރަނގަޅު ގިނަ ތަކެތި އޭސް އިން ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެ ތަނުން ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.
އެއީ އޭސް ހާޑްވެއާގެ ފިހާރަތަކާއި މާލެ އާއި ހުޅުމާލޭގައި ހުންނަ ކަލަބެންކުގެ ފިހާރަތަކުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ހާއްސަ ޑިސްކައުންޓުގެ އިތުރުން ސޯޝަލް މީޑިއާ ގިވްއަވޭއަކާއި "ބައިވަން ގެޓް ވަން ފްރީ" އޮފާއަކާއި ލަކޯޑްރޯއެއް ވެސް ޕްރޮމޯޝަންގައި ހިމެނެ އެވެ.
ގިވްއަވޭ އަށް ކުކިން ސެޓެއް ހުށަހަޅާފައިވާއިރު, ލަކީޑްރޯގެ އިނާމަކީ މޯލްޑިވިއަން އެއާލައިނާ ގުޅިގެން ދެ މީހަކަށް އިންޑިއާގެ ކޮޗިން އަށް ދެ ކޮޅު ޓިކެޓެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާ ގުޅިގެން ނަސީބުވެރި އެއް ފަރާތަކަށް އުމްރާ ދަތުރެއް ވެސް ލިބޭނެ ކަމަަށް އޭސް ހާޑްވެއާ އިން ބުންޏެވެ.
މި ޕްރޮމޯޝަން ރޯދަމަހުގެ ނިޔަލަށް ކުރިއަށް ގެދާނެ އެވެ. ޕްރޮމޯޝަނުގައި ހެޔޮ އަގުގައި އަލަށް ތައާރަފްކުރި ފިލިޕްސްގެ ޕްރޮޑަކްޓުތައް ލިބޭނެ އެވެ.
ތަރާވީހު، ދަމުނަމާދުގެ ރަކްއަތްތަކުގެ އަދަދަކީ ކޮބާ؟
ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން
ޒިދުނާ ނަގައިދެނީ އާއިލީ ވިޔަފާރީގެ ފިލާވަޅެއް
ރިނބުދޫގެ ހަމަހިމޭންކަމާއި ހިތްގައިމު ދިރިއުޅުން
ދިގު ވާހަކަ: ޑައިރީއަށް ފަހު - 8
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7