ރާއްޖޭގެ އެންމެ ކާމިޔާބު އެއް މިއުޒިކް ބޭންޑް، ޑިޓިއުންބޭންޑް ގެ ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ)ގެ ހުނަރުވެރިކަން ފެންނަނީ މިއުޒިކީ ދާއިރާ އިން އެކަންޏެއް ނޫނެވެ. މަސްވެރިކަމަށް އޭނާގެ އޮންނަ ޝައުގުވެރިކަން ބޮޑެވެ. ކެއްކުމަކީ ވެސް އެހާމެ ލޯބިކުރާ ކަމެކެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް މިއުޒިކް ބޭންޑް، ޑިޓިއުންބޭންޑް ގެ ލީޑް ވޯކަލިސްޓް ފާތިމަތު ފެޒްލީން (ފެޒޫ)ގެ ހުނަރުވެރިކަން ފެންނަނީ މިއުޒިކީ ދާއިރާ އިން އެކަންޏެއް ނޫނެވެ. މަސްވެރިކަމަށް އޭނާގެ އޮންނަ ޝައުގުވެރިކަން ބޮޑެވެ. ކެއްކުމަކީ ވެސް އެހާމެ ލޯބިކުރާ ކަމެކެވެ.
ކޮންމެ އަހަރަކު ގެނެސްދޭ "މިހާރު ބަދިގެ" އިން މި ރޯދަ މަހު ބައްދަލުކުރާނީ ފެޒޫ އެވެ.
"މިހާރު ބަދިގެ" ފެޒޫއާ އެކު: ކެއްކުމުގެ އުފާވެރިކަމާއި ސިއްހަތަށް ފައިދާ ހުރި އަދި ގިނަ ބަޔަކަށް ކަމުދާނެ ރަހަތައް ހިމެނޭހެން މި ރޯދަ މަހު 30 ރެސިޕީ ގެނެސްދޭނެ.
— Mihaaru (@Mihaarunews) February 28, 2025
ތަފްސީލު: https://t.co/tJDHYWYKjY pic.twitter.com/CI8TVwniWC
"ދިރާގު" އާ ގުޅިގެން މި ރޯދަ މަހު "މިހާރު ބަދިގެ" 30 ރެސިޕީ ގެނެސްދޭނެ އެވެ.
ފެޒޫ: ގިނަ ރެސިޕީތައް އަވަހަށް ފަސޭހަ އިން ތައްޔާރުކޮށްލެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފެޒޫގެ ރެސިޕީތައް ހިމެނޭ މި ޝޯގައި މިއުޒިކާ އެކު ކެއްކުމުގެ އުފާވެރިކަމާއި ސިއްހަތަށް ފައިދާ ހުރި އަދި ގިނަ ބަޔަކަށް ކަމުދާނެ ރަހަތައް ހިމެނޭނެ އެވެ. ގިނައީ، ރޯދަ މަހުގެ ބިޒީ ޝެޑިއުލުން ކެއްކުމަށް ހުސްކުރާ ވަގުތުކޮޅުގައި، ވީހާ ވެސް އަވަހަށް ފަސޭހަ އިން ތައްޔާރުކޮށްލެވޭނެ ރެސިޕީތަކެވެ.
ބޯށި މަސްހުނި: ގިނަވާނީ ރޯދައާ ގުޅޭ ސިއްހަތަށް ފައިދާ ހުރި ރެސިޕީތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިދިޔަ އަހަރު "މިހާރު ބަދިގެ" ބ. ގޮއިދޫގައި ޝޫޓްކުރި ގޮތަށް މިފަހަރުގެ ބައެއް އެޕިސޯޑު ނަގާފައި ވަނީ އއ. ތޮއްޑޫގަ އެވެ.
ފެޒޫ ތޮއްޑޫގެ ދަނޑަކުން ބިން މިރުސްތައް ހިފަހައްޓާލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދަނޑުވެރި ތޮއްޑޫން ލިބެން ހުރި ތަރުކާރީގެ ބައެއް ބާވަތްތަކުން ހަދާފައިވާ ރެސިޕީތައް ހިމެނޭ އިރު ތޮއްޑުއަށް ހާއްސަ ރެސިޕީއަކާއި އެ ރަށުގެ އުފެއްދުންތައް ބޭނުންކޮށްގެން ހަދާފައިވާ ރެސިޕީއެއް ވެސް ހިމެނޭނެ އެވެ.
އެންމެ ހާއްސަ އެއް ކަމަކީ މިއުޒިކްގެ ތެރެއިން ފެޒޫ ކެއްކުމަށް އުފެދުނު ޝައުގުވެރިކަން އެގޮތުގައި ހުށަހެޅުމެވެ. މިދިޔަ ރޯދަ މަހު ފެޒޫ ވަނީ އޭނާގެ ބައެއް ރެސިޕީތައް ސޯޝަލްމީޑިއާ މެދުވެރިކޮށް އާއްމުންނަށް ދޫކޮށްލައިފަ އެވެ. އެ ރެސިޕީތައް ކަމުގޮސްގެން ގިނަ ބައެއްގެ ފީޑްބެކް ލިބުނެވެ.
ފެޒޫ ބުނި ގޮތުގައި އޭނާގެ މަންމަ އާއި ދޮންތަ މީރުކޮށް ކައްކާތީ ވަރަށް ކުޑައިރުން ފެށިގެން ކައްކަން ޝައުގުވެރިކަން އުފެދިއްޖެ އެވެ. ކެއްކުމުގެ ބައެއް އުކުޅުތަކާއި ރަހަ މީރުކުރުން ފަދަ ކަންކަން ދަސްވީ އެ ދެ މީހުންގެ ފަރާތުންނެވެ.
ތޮއްޑޫގެ ހާއްސަ ރެސިޕީއެއް ތައްޔާރުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ފެޒޫ އަށް ކަމުދާ ރެސިޕީތައް ބޭނުންވޭ އަމިއްލައަށް އިމްޕްރޮވައިޒްކުރަން. ކޮންމެ ރެސިޕީއެއް ވެސް އެ ދީފައި ހުންނަ އިންގްރިޑިއެންޓްސް ނުވަތަ އަޅާ އެއްޗަށް ފެޒޫ ބޭނުން އެހެން އިންގްރިޑިއެންޓެއް ލައިގެން ވެސް އެކްސްޕެރިމެންޓްކުރަން," ކެއްކުމަށް އޮތް ޝައުގުވެރިކަން ހާމަކުރަމުން، ފެޒޫ ބުންޏެވެ.
ފެޒޫ ބުނީ "މިހާރު" ބަދިގެއަށް މިފަހަރު ގެނެސްދިން 30 ރެސިޕީގެ ތެރެއިން ގިނަވާނީ އަމިއްލަ ރެސިޕީތައް ކަމަށެވެ.
"ބައެއް ރެސިޕީތައް ހުންނާނެ އިންސްޕަޔާ ވެގެން އެ އެއްޗަށް ފެޒޫގެ އަމިއްލަ ޓަޗް ވެސް ގެނެސްފައި. އެންމެ މުހިއްމު ކަމަކަށް ބެލީ ހުރިހާ ރެސިޕީއެއް ވެސް ވަރަށް ހެލްތީކޮށް ގެނެވޭތޯ. އުއްމީދުކުރަން ކަމުދާނެ ކަމަށް."
ކޮންމެ އެޕިސޯޑެއްގައި ވެސް ފެޒޫއާ އެކު ޑިޓިއުންބޭންޑްގެ ލީޑް ވޯކަލިސްޓް އަހްމަދު ފުރުގާން (ފޫޖީ)ގެ މިއުޒިކާއި ކެއްކުން އެއްކޮށްލައި އިތުރު ހިތްހަމަޖެހުމެއް ގެނެސްދޭނެ އެވެ. މި ޝޯގެ މެހްމާނުންގެ ގޮތުގައި ބޭންޑްގެ ބައެއް މެމްބަރުންނާއި ރާއްޖޭގެ ޒުވާން މިއުޒީޝަނުން ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ހުޔަމް މުހައްމަދާއި އީސަ އަބްދުﷲ (އީސަ) އާއި ނިޝް ނާޝިދާއި އަހްމަދު ނަޒީހާއި މުހައްމަދު މައިސާން ފަދަ ފަންނާނުން ހިމެނެ އެވެ.
ފޫޖީ ލަވައެއް ހުށަހަޅައިދެނީ: ޝޯގެ މެހްމާނުންގެ ގޮތުގައި ގިނަ ފަންނާނުންތަކެއް ފެނިގެންދާނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބެލުންތެރިންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން، ކުރުކޮށް އެ މިއުޒީޝަނުން ހުށަހަޅައިދީފައި ވަނީ، ރާއްޖޭގެ ރީތި ކަމާއި އަހަރެމެންގެ ދިރިއުޅުމުގެ ބައެއް ވާހަކަތަކެވެ.
ކޮންމެ ދުވަހަކު ވެސް "މިހާރު ބަދިގެ" އެޕިސޯޑު މިހާރުގެ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމް އަދި ޓިކްޓޮކް އިން ފެންނާނެ އެވެ.
ފެޒޫ ބުނި ގޮތުގައި އުއްމީދަކީ އޭނާގެ ރެސިޕީތައް ބެލުންތެރިން ތައްޔާރުކޮށް ފީޑްބެކް ފޮނުވުމެވެ.
މިހާރު ބަދިގެ: ކަދުރު ކޭކް
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
އެމްއެޗްއޭއިން ކޮންމެ ދުވަހަކު 1000ރ. ދެނީ
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
ނޫރު- ވީހާ ވެސް ލަސްކޮށް ހާރުކެއުމުގެ މުހިންމުކަން