ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެ ރަށުން ހަމަޖައްސައިފި އެވެ.
24 ފެބުރުއަރީ 2025
ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ހަދަން ނިންމައި، އެކަމަށް ބޭނުންވާ ބިން އެ ރަށުން ހަމަޖައްސައިފި އެވެ.
ނާސަރީ ހެއްދުމަށް ބޭނުންވާ ބިން ހަމަޖެއްސީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ގަމަށް ކުރެއްވި ރަސްމީ ދަތުރުގައި، ގަމު ކައުންސިލާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.
ނާސަރީ ހައްދަން އެޗްޑީސީ އަށް ދޫކުރީ އެއްލައްކަ އަކަފޫޓުގެ ބިމެކެވެ.
އެޗްޑީސީން މިއަދު ބުނީ، އެ ނާސަރީ ހަދަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
އެޗްޑީސީން ވަނީ އެއް މިލިއަން ގަސް އިންދުމަށް ނިންމައިފަ އެވެ. ގަމުގައި ހަދާ ނާސަރީ ބޭނުން ކުރާނީ އެކަމަށް ބޭނުންވާ ގަސް ހެއްދުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިއްޔެ ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި.-- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެ އާއި ކުޑަގިރި އާއި ތިލަފުއްޓާއި ގުޅިފަޅުގައި އިންދާ ގަސްތައް ހެއްދުމަށް ވެސް އެ ނާސަރީ ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމަށާއި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް އެ ކުންފުނިން ސޮއިކުރީ، ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރެއިންނެވެ.
އެޗްޑީސީން ބުނީ އެ ޕްރޮގްރާމާ އެކު، ހުޅުމާލެ ހިމެނޭހެން އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮންނަ ރަށްތައް ފެހިކުރުމުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.
ގަމުގައި ހަދާ ދެ ނާސަރީގެ މަސައްކަތް އެޗްޑީސީއަށް
"ރަށްރަށުގެ މެދުގައި އަދުލުވެރިކަން ގާއިމްކޮށްދޭނަން"
އެޗްޑީސީއާ ހަވާލުވީ ގިނަދުވަހު ހުންނާކަށްނޫން: މައުރޫފް
މައުރޫފަށް ވަރަށް އިތުބާރުކުރަން، ކަންކަން ރަނގަޅުވާނެ
ހުޅުމާލެ 3 ގެ ބިން ހިއްކަން އަލުން ފަށައިފި
އައްޑޫގެ ރަށްތަކުގައި 200 ހައުސިން ޔުނިޓް އަޅަނީ
ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދޭން ފަށައިފި
"ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެވުމަކީ އުފަލެއް"
ބިލްތައް ދައްކާ ނިންމާނީ ފައިސާ ޗާޕުނުކޮށް: ރައީސް
ތިން ރަށް ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި