Roadha Mihaaru

ހައުސިން ޔުނިޓް ހަދާ ރަށްރަށުގައި ބޭނުން މީހުންނަށް އަމިއްލަ ގޯތީގައި އިމާރާތް އަޅައިދެނީ

ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދެނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ފެބުރުއަރީ 2025

ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދ. އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ރަށަކީ ވެސް 200 ހައުސިން ޔުނިޓް އިމާރާތްކުރަން ވައުދުވެފައިވާ ރަށެއް ކަމަށެވެ.

އެކަމަކު ރައީސް ވިދާޅުވީ އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށެވެ. އެއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ.

"މި މަޝްރޫއު ކުރިއަށް ދާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ރަށުގައި ވެސް ރައްޔިތުންނަށް ހިއްކި ސަރަހައްދުން ގޯތި ދޭން ކަނޑައެޅިފައި މި އޮތީ. އެކި ސަރަަހައްދު ވިޔަސް އަދި ރަށުގައި ގޯތި ލިބިފައި ހުސްކޮށް އޮތް ގޯއްޗެއް ކަމަށްވާ ނަމަ އެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް މި އަޅަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއީ ފްލެޓް މަޝްރޫއެއް ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އަމިއްލަ ގޯތީގައި އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ މީހުންގެ އަދަދު ކަނޑައަޅައި ނިމުމުން ބާކީ ހައުސިން ޔުނިޓްތައް އަޅާނީ ރަށުގައި އެކަމަށް ހާއްސަ ކުރާ ސަރަހައްދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންވެ، މީދޫ ކައުންސިލުގައި އެ މަނިކުފާނު އެދިވަޑައިގަތީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ޝައުގުވެރިވާ މީހުންގެ އަދަދުތައް ބަލައި އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކޮށްދޭށެވެ.

"މި ރަށުގެ ކައުންސިލުގައި އަޅުގަނޑު ދަންނަވަން ގޯތި ދެވިގެންދާއިރު އަމިއްލައަށް ގޯތީގެ އިމާރާތްކުރަން ކުޅަދާނަކަން ނެތް ފަރާތްތަކުން ނޫނީ މި ޕްރޮޖެކްޓުގެ ތެެރެއިން އެ މީހާގެ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވަންޏާ އެ މީހާ ކަނޑައަޅައިދޭން،" މީދޫގައި ރައީސް ވިދާޅުވި އެވެ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ރަށުގެ ދުވަސްވީ މީހަކާ ސަލާމްކުރައްވަނީ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ރަށުގެ ދުވަސްވީ މީހަކާ ސަލާމްކުރައްވަނީ.

މީދޫގެ އިތުރުން ހައުސިން ޔުނިޓް އެޅުމަށް އިއުލާނު ކޮށްފައިވާ ހުރިހާ ރަށެއްގައި ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ރޯދަމަސް ނިމުމުގެ ކުރިން ކައުންސިލުތަކުން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިވަޑައިގަތެވެ.

"އޭރުން [އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންގެ މައުލޫމާތު] އެ ފަރާތްތަކުގެ ގޯތީގައި މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅާނަން. ބާކީވާ ނަމަ، ފްލެޓް އަޅާނެ ވަކި މަޝްރޫއުއެއްގެ ގޮތުގައި،"

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ރައީސް ވިދާޅުވީ، އެއީ ގިނަ ބަޔަކު ބޭނުންވާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވެ އެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ލޯނު ހޯދުމަށް ބައެއް މީހުންނަށް އޮންނަ ދައްޗެވެ. އެކަމަކު މި ސަރުކާރުން ގެދޮރު އިމާރާތްކުރުމަށް ހުޅުވާލާފައިވާ ފަސޭހަ ލޯނެއް ކަމަށާއި އެ ލޯނު ނެގުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ގޮތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ ލޯނު ނަގައިގެން ކުރިއަށް ދިއުން ކަމުގައި ވިޔަސް އަދި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ސަރުކާރަށް ހަވާލުކުރުން ކަމުގައި ވިޔަސް އެވެ.

ރާއްޖޭގެ ރަށްރަށަށް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޯޑަށް ކުރިމަތިވެފައިވާއިރު މި ދައުރުގައި އެކަން ހައްލުވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.