ބީއެމްއެލް އިން މިދިޔަ މަހު ކުރިއަށް ގެންދިޔަ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނަށް ހުށަހެޅި އެއް ލައްކަ ރުފިޔާ ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.
25 ފެބުރުއަރީ 2025
ބީއެމްއެލް އިން މިދިޔަ މަހު ކުރިއަށް ގެންދިޔަ "ޝޮޕް އެންޑް ވިން" ޕްރޮމޯޝަނަށް ހުށަހެޅި އެއް ލައްކަ ރުފިޔާ ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ޕްރޮމޯޝަނުގެ ގުރުއަތުން ހޮވުނީ ހދ. ނޮޅިވަރަންފަރު، ހަސަން ނާސިހު އަބްދުﷲ އެވެ.
އެ ޕްރޮމޯޝަނަކީ ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200ރ. އަށް ވުރެ މަތިން ވިޔަފާރިކުރި ކަސްޓަމަރުން ބައިވެރިކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ގުރުއަތުން ފަސް ނަސީބުވެރިޔަކު ހޮވައި ކޮންމެ މީހަކަށް 1،000ރ. ވެސް ވަނީ ދީފަ އެވެ.
ބީއެމްއެލްގެ ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ.
އޭގެ ތެރޭގައި އެ ބޭންކުގެ ޕާޓްނާ މާޗެންޓުންގެ އެކި ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް ލިބޭ އީޒީޕޭ އިންސްޓޯލްމެންޓް ހިމެނެ އެވެ. އަދި ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ އެކި ބެނެފިޓްތައް ބީއެމްއެލްގެ ކްރެޑިޓް ކާޑް ހޯލްޑަރުންނަށް ލިބެ އެވެ.
ބީއެމްއެލްގެ މޮބައިލް ބޭންކިން އާއި އެޕް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ބެންކުގެ ކާޑަށް އެދި ހުށަހެޅޭނެ އެވެ. ބީއެމްއެލް އަކީ 8،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެ އެވެ.
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް
ރިނބުދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި
މީދޫގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ފަށައިފި
ބަނޑިދޫގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތް ފަށައިފި