ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ބަޖެޓް ދެނީ ސަރުކާރުންނެވެ. ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން، ކޮންމެ އަހަރަކު ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީ އާއި ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީ އަށް ވެސް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން އެސޯސިއޭޝަންތަކަށް ފައިސާ ފޯރުކޮށްދެ އެވެ.
26 ފެބުރުއަރީ 2025
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ބަޖެޓް ދެނީ ސަރުކާރުންނެވެ. ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން، ކޮންމެ އަހަރަކު ކުޅިވަރު އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީ އާއި ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލިމްޕިކް ކޮމިޓީ އަށް ވެސް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން އެސޯސިއޭޝަންތަކަށް ފައިސާ ފޯރުކޮށްދެ އެވެ.
އެހެންވެ، ސީދާ ސަރުކާރަށް ވެސް ކުޅިވަރު އެސޯސިއޭޝަންތައް ޖަވާބުދާރީ ކުރުވުމުގެ ހައިސިއްޔަތެއް ކުޅިވަރު ގާނޫނުން ލިބިދެން ޖެހޭކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުންޏެވެ.
މިއީ ކުޅިވަރު ގާނޫނަށް ހިޔާލު ހުށަހެޅުމަށް ވީއޭއެމުން ބޭއްވި މަހާސިންތާގެ ބައިވެރިންގެ މައިގަނޑު އެއް މަޝްވަރާއިން ނުކުތް ހިޔާލެވެ.
ވީއޭއެމްގެ އެކްސްކޯ މެންބަރުންނާއި ކްލަބްތަކުގެ ހިންގުންތެރިންނާއި ކުރީގެ ކުޅުންތެރިން އަދި ވޮލީ ރެފްރީންނާއި ޓެކްނިކަލް އޮފިޝަލުން ބައިވެރިވި، މަހާސިންތާގެ ބޭނުމަކީ ކުޅިވަރު ގާނޫނަށް ވޮލީ އާއިލާގެ ފަރާތުން ހުށަހަޅާ ހިޔާލުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
ކުޅިވަރު ގާނޫނަށް ވީއޭއެމްގެ ފަރާތުން ހިޔާލު ހުށަހެޅުމަށް ރޭ ބޭއްވި މަހާސިންތާގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި މަހާސިންތާގައި "އޮއްޓަރު ހުރި ރަނގަޅު" މަޝްވަރާތަކެއް ކުރިއަށްދިޔަ އެވެ.
އެއީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން ކުޅިވަރު ގާނޫނަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިގެން ބޭއްވުނު އެންމެ ފުޅާ މަހާސިންތާ ކަމަށް ލަތީފް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ ކުޅިވަރު ގާނޫނުގައި އެސޯސިއޭޝަންތައް ޖަވާބުދާރި ކުރުމުގެ މާ ބޮޑު ހައިސިއްޔަތެއް ސީދާ ސަރުކާރަށް ނެތްކަން މަހާސިންތާގެ ބައިވެރިން ފާހަގަ ކުރި އެވެ.
"އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސްޕޯޓްސް މިނިސްޓަރާއި ސްޕޯޓްސް ކޮމިޝަނާ، މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން ފާހަގަ ކުރަން. އޭގެ ރަނގަޅު ނަތީޖާ ވެސް ފެނޭ،" ލަތީފް ވިދާޅުވި އެވެ.
ކުޅިވަރު ގާނޫނަށް ވީއޭއެމްގެ ފަރާތުން ހިޔާލު ހުށަހެޅުމަށް ރޭ ބޭއްވި މަހާސިންތާގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
އެ މަސައްކަތަށް އިތުރު ބާރެއް ލިބޭނީ ސަރުކާރުން ދޭ ބަޖެޓާ އެއްގޮތަށް އެސޯސިއޭޝަންތައް ޖަވާބުދާރީކުރުވުމުގެ ހައިސިއްޔަތު ސީދާ ސަރުކާރަށް ވެސް ލިބިދީގެން ކަމަށް ލަތީފް ވިދާޅުވި އެވެ.
ޖަވާބުދާރީކުރުވުމުގައި އޮލިމްޕިކް ކޮމީޓީ އާއި ކުޅިވަރު އެސޯސިއޭޝަންތައް ވެސް ތަފާތު ނުކުރުމަށް މާހާސިންތާގެ ބައިވެރިން ހިޔާލު ހުށަހެޅި އެވެ.
"ނެޝަނަލް ސްޕޯޓްސް އެސޯސިއޭޝަންތަކާއި ނެޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ސްޕެޝަލް އޮލިމްޕިކް އަދި ޕެރަލިމްޕިކަށް ވެސް ބަޖެޓް ދެނީ ސަރުކާރުން. އެހެންވީމަ އަޅުގަނޑުމެންނަށް ވިސްނެނީ އޮލިމްޕިކް ޗާޓާރާ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ އުސޫލުތަކާ ހިލާފުނުވާނެ ގޮތަށް އެސޯސިއޭޝަންތައް އޮލިމްޕިކް ކޮމިޓީތައް ޖަވާބުދާރީ ކުރުމުގެ ހައިސިއްޔަތު ސީދާ ސަރުކާރަށް އޮންނާނެގޮތަށް ކުޅިވަރު ގާނޫނުގައި މާއްދާތައް ހިމަނަންޖެހޭ ކަމަށް،" ލަތީފް ވިދާޅުވި އެވެ.
މަހާސިންތާގައި ބައިވެރިންގެ މެޖޯރިޓީ ހިޔާލަކީ ވެސް އެއީ އެވެ.
އޭޝިއާގެ ވޮލީ ކޮންފެޑެރޭޝަން (އޭވީސީ) ގެ ނައިބު ރައީސްކަމާއި އޭޝިއާ ސެންޓްރަލް ޒޯން އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަން ވެސް ކުރައްވާ ލަތީފް ވިދާޅުވީ ކުޅިވަރު ކުރިއަރުވައި ދެމެހެއްޓުމުގައި ސަރުކާރަށް ހައިސިއްޔަތު އޮތުމަކީ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ވިސްނުމެއް ކަމަށެވެ.
ކުޅިވަރު ގާނޫނަށް ވީއޭއެމްގެ ފަރާތުން ހިޔާލު ހުށަހެޅުމަށް ރޭ ބޭއްވި މަހާސިންތާގެ ތެރެއިން --- ފޮޓޯ: ވީއޭއެމް
"އޮލިމްޕިކް ޗާޓާރާ ހިލާފު ނުވާނެގޮތަކަށް ނެޝަނަލް އޮލިމްޕިކް ކޮމިޓީތަކާއި ނެޝަނަލް އެސޯސިއޭޝަންތައް ސަރުކާރަށް ވެސް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވާލުމަކީ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން އިއުތިރާޒު ކުރާނެ ކަމެއް ނޫން،" ލަތީފް ވިދާޅުވި އެވެ.
އޮލިމްޕިކްސްގައި އެންމެ ކާމިޔާބު ގައުމުތަކުގައި ކުޅިވަރު ނިޒާމުގެތެރެއިން އެ ހައިސިއްޔަތު ސަރުކާރަށް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ އެސޯސިއޭޝަންތައް ހިންގުމުގައި ވެސް ސަރުކާރުގެ ސީދާ ބައިވެރިވުން އޮތުން ވެސް މުހިންމު ކަމަށެވެ.
"އެއީ ވެސް އޮލިމްޕިކް ޗާޓަރާ ހިލާފު ކަމެއް ނޫން. އޮލިމްޕިކް ޗާޓަރާ ހިލާފު ވަނީ ސަރުކާރުން ވަކި މީހަކު ނަގައި އެ މަގާމުތަކަށް ލައިދިނީމަ [އެޕޮއިންޓް ކުރީމަ]. އިންތިހާބީ މަރުހަލާއަކުން އަންނަންޏާ އެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވިޔަސް އޮންނާނެ. އެއީ އޮލިމްޕިކް ޗާޓާރާ ހިލާފު ކަމެއް ނޫން،" ލަތީފް ވިދާޅުވި އެވެ.
ކުޅިވަރު ގާނޫނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ދިނުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މަޖިލީހުގެ އިދާރާގައި އެ ދުވަހު ބޭއްވި މާހާސިންތާއަކީ ކުޅިވަރުގެ ހިންގުންތެރިންނާ އެކު އެ ބިލަށް ހިޔާލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ އިވެންޓްގައި ބައެއް އެސޯސިއޭޝަންތަކުން ބުނީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކުރިން ލިބިފައި ނެތް ކަމަށެވެ. އެހެންވެ އެ މަސައްކަތަށް ހަފުތާއެއްގެ މުއްދަތު އެސޯސިއޭޝަންތަކަށް ދިނުމަށް އިޖުތިމާއީ ކޮމިޓީން ނިންމި އެވެ.
ވީއޭއެމްގެ ރައީސްކަމަށް ތިންވަނަ ފަހަރަށް ލަތީފް
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް
ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ފާސްކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ލީގު ހޯދަން ޕޮލިހާއި ވެމްކޯ ގަދަ ހިފުމަކަށް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ