ސްޕިން އުކުންތެރިންގެ މޮޅު ކުޅުމާއި، ކެޕްޓަން ރޯހިތު ޝަރްމާގެ ކާމިޔާބު ފެށުމާ އެކު، ނިއުޒީލެންޑް ހަތަރު ވިކެޓުން ބަލިކޮށް އިންޑިއާ އިން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ރޭ ކާމިޔާބުކޮށްފި އެވެ.
ސްޕިން އުކުންތެރިންގެ މޮޅު ކުޅުމާއި، ކެޕްޓަން ރޯހިތު ޝަރްމާގެ ކާމިޔާބު ފެށުމާ އެކު، ނިއުޒީލެންޑް ހަތަރު ވިކެޓުން ބަލިކޮށް އިންޑިއާ އިން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތް ރޭ ކާމިޔާބުކޮށްފި އެވެ.
ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ، އެކަމަކު އިންޑިއާގެ މެޗުތައް ދުބާއީގައި ކުޅުނު މި މުބާރާތް އެ ގައުމު ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިއީ، 2023 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން އިންޑިއާ ބަލިވި ބަލިވުމުގެ ހިތްދަތިކަން ފިލުވާލެވިދާނެ ފަދަ ކާމިޔާބެކެވެ.
ނިއުޒިލެންޑުން ހަތް ކުޅުންތެރިން ނުބައިވެގެން 50 އޯވަރުގެ ތެރޭގައި، 251 ލަނޑު ހަދާފައިވަނިކޮށް އިންޑިއާ މޮޅުވީ 49 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 254 ލަނޑު ހަދައިގެންނެވެ.
އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން ނިއުޒީލެންޑް ގަސްދުކުރީ ކުޅެން އަރާށެވެ. އެކަމަކު އިންޑިއާގެ އުކުންތެރިން ދިޔައީ ނިއުޒީލެންޑަށް ހުރަސް އަޅަމުންނެވެ. އެގޮތުން ދެ ސްޕިން ބޯލަރުން ކަމަށްވާ، ވަރުން ޗަކްރަވަތީ އާއި، ކުލްދީޕް ޔާދަވް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. އިންޑިއާގެ އަނެއް ދެ ވިކެޓް ނެގީ މުހައްމަދު ޝައްމީ އާއި، ރަވިންދުރާ ޖަދޭޖާ އެވެ.
އިންޑިއާގެ މޮޅު އުކުމުގައި ނިއުޒީލެންޑަށް ކުރީކޮޅު އެދެވޭ ނަތީޖާއެއް ނުހޯދުނަސް ފަހު ވަގުތު ނިއުޒީލެންޑުން ރަނގަޅަށް ކުޅެ، ޖުމްލަ 251 ލަނޑު ހަމަކުރި އެވެ. ޖަވާބުގައި އިންޑިއާ ކުޅެން އަރައި، ކެޕްޓަން ރޯހިތު އާއި، ޝުބްމަން ގިލްގެ މޮޅު ކުޅުމާ އެކު، ފަސޭހަ މޮޅަކާ ދިމާލަށް ދިޔަ އެވެ. އެގޮތުން ރޯހިތު 76 ލަނޑު، އަދި ޝުބްމަން 31 ލަނޑު ހެދި އެވެ. އެ ދެ ކުޅުންތެރިން ނުބައިވެ، އަދި ފަހުން އެރި ވިރާތު ކޯލީ ވެސް އެންމެ ބޯޅައަކުން ނުބައިވުމުން އިންޑިއާ ހާސްވި އެވެ. ނަމަވެސް، ޝްރެޔަސް އިޔާރް އާއި، ކޭއެލް ރާހުލްގެ ލަނޑުތަކާ އެކު، އިންޑިއާ އިން 254 ލަނޑު ހަދައިގެން މެޗު ކާމިޔާބުކުރި އެވެ.
ޗެމްޕިއަންސް ޓްރޮފީ އަކީ 2023 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ 8 ޓީމުގެ މެދުގައި ކުޅުނު މުބާރާތެކެވެ.
އޮސްޓްރޭލިއާ ބަލިކޮށް އިންޑިއާ ފައިނަލަށް
އަފްގާނިސްތާނުން ޗެމްޕިއަންސް ޓްރޮފީން އިންގްލެންޑް ކަޓުވާލައިފި
20 އަހަރަށް ފަހު ފާއިޒް ތައުލީމީ ދާއިރާ ދުރަށް
ބުމްރާ އަށް ޗެމްޕިއަންސް ޓްރޮފީގައި ނުކުޅެވޭނެ
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!