ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް ހިންގި ތަހުގީގުގައި، ޖަވާބުދާރީވުމަށްޓަކައި ދޭންޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
12 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް ހިންގި ތަހުގީގުގައި، ޖަވާބުދާރީވުމަށްޓަކައި ދޭންޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށް ދީފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިހާރު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލާގައި އޭނާގެ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ޖޭއެސްސީން ދީފައިނުވާ ކަމަށް އޭނާގެ ވަކީލް އިއްޔެ މީޑިއާގައި ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަޒްމިރާލްދާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގެ ތަހުގީގުގައި ގާނޫނުއަސާސީ އާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ހުރިހާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ދީފައިވާ ކަމަށެވެ.
އެގޮތުން ޤާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތުމުން، އެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ފަނޑިޔާރަށް ދީ، ވަކީލެއްގެ ގޮތުގައި އިބްރާހިމް ޝަމީލް އައްޔަންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީގެ ބަޔާނުގައި ބުނީ ފަނޑިޔާރު އަޒްމިރާލްދާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގުގެ އިއްޔެގެ މަޖިލީހުގައި ވެސް އެ ވަކީލް ބައިވެެރިވި ކަމަށެވެ.
"އެހެން ނަމަވެސް ތަހުގީގުގެ މި އަޑުއެހުމަށް ފަހު ޑރ. އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ޖޭއެސްސީން ބުންޏެވެ.
ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށާއި އެ ފުރުސަތު ކޮމިޓީގެ ފަރާތުން ފަނޑިޔާރު އަޒްމިރަލްދާ އާއި ވަކީލަށް ވެސް ދީފައިވާނެ ކަމަށާއި އެގޮތުން ދެ ބޭފުޅުން ވަކިން މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ތަކުރާރުކޮށް ދީފައިވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ޖޭއެސްސީން ބުނިގޮތުގައި އެއީ އެ ކޮމިޝަނާއި ރާއްޖޭގެ ހުރިހާ ތަހުގީގީ އިދާރާތަކުން ވެސް އަމަލު ކުރަމުން ގެންދާ އާންމު އުސޫލެވެ.
އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
ފަނޑިޔާރު އަޒްމިރަލްދާ ދެއްވި ބަޔާނާ ގުޅޭ ގޮތުން ވަކީލް ޝަމީލް އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ވަކީލު ވާހަކަ ދައްކަން ޖޭއެސްސީން ފުރުސަތު ނުދިން ކަމަށެވެ. އަދި ކޮމިޓީން އެންގީ ސުވާލުތަކަށް ފަނޑިޔާރު އަމިއްލަ އަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށާއި ނަމަވެސް ގާނޫނީ ނުކުތާތަކެއް ފާހަގަކުރަން ހުރުމުން އެކަމަށް ތަކުރާރުކޮށް ވަކީލް އެދުމުން ވެސް އެ ފުރުސަތު ދީފައި ނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.
ސުލޫކީ މައްސަލާގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެއީ ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ޑރ. އިސްމާއިލް ބަންދުގައި ހުއްޓާ އެ މައްސަލައާ ގުޅިގެން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކައެއް ދައްކާފައިނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
"ތުހުމަތަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް"
ސުޕްރީމް ކޯޓުގެ ކުރީގެ 19 ނިންމުމެއް އުވާލައިފި
ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަނީ
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި
ސުޕްރީމް ކޯޓަށް ރައުފު އައްޔަންކުރުން މަޑުޖައްސާލައިފި!
ފަނޑިޔާރުކަމަށް ހުށަހަޅަން 4 ގަޑިއިރުގެ އިތުރު ވަގުތު
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް