ވޮޝިންޓަން (މާޗް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނުގެ މުސާރަ ޗެރިޓީއަކަށް ހަދިޔާ ކުރައްވާނީ އަހަރުގެ ފަހުކޮޅު ކަމަށް ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވެއްޖެ އެވެ.
14 މާޗް 2017
ވޮޝިންޓަން (މާޗް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނުގެ މުސާރަ ޗެރިޓީއަކަށް ހަދިޔާ ކުރައްވާނީ އަހަރުގެ ފަހުކޮޅު ކަމަށް ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ އަހަރަކު 400،000 ޑޮލަރެވެ.
ސްޕައިސާ ވަނީ ޓްރަމްޕުގެ މުސާރަ ހަދިޔާ ކުރާނެ ޗެރިޓީއެއް އިޚްތިޔާރު ކުރުމުގައި އެމަނިކުފާނަށް ފާޑުކިޔާ މީޑިއާތަކުން ވެސް އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ.
"ރައީސް ގަސްދު ކުރައްވާފައި ވަނީ އަހަރުގެ ފަހުކޮޅު މުސާރަ ހަދިޔާ ކުރައްވަން. އެއީ އެމެރިކާގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއް،" ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޕައިސާ ވިދާޅުވި އެވެ. "ރައީސް ވަނީ ފައިސާ ހަދިޔާ ކުރައްވާނެ ޗެރިޓީއެއް ހޮވުމުގައި މީޑިއާތަކުން ވެސް އެހީތެރިވެ ދެއްވުމަށް އެދިވަޑައިގެންފައި."
ރިޔާސީ ކެމްޕޭނުގެ ތެރޭގައި ނިއު ޔޯކުގެ ބިލިއަނަރު ވަނީ އެމަނިކުފާނަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ މުސާރަ ނުނަންގަވާނެ ކަމަށް އެތައް ފަހަރަކު ވިދާޅުވެފަ އެވެ. އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ހާބަޓް ހޫވާ އާއި ޖޯން އެފް. ކެނެޑީ ވެސް ވަނީ މުސާރަ ޗެރިތީއަކަށް ހަދިޔާ ކުރައްވައިފަ އެވެ.
ޓްރަމްޕް ފައުންޑޭޝަން އުވާލަނީ
ޓްރަމްޕުގެ އާމްދަނީން 800 މިލިއަން ޑޮލަރު ދަށްވެއްޖެ
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް