ކ. މާފުށީގައި ވައްކަން ކުރި ކަމުގެ ތުހުމަތުވު މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް، އެފަދަ ހާލަތްތަކުގައި އޮންނަ އުސޫލެއްގެ ދަށުން ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމަށް އެޗްއާރުސީއެމުން ގޮވާލައިފި އެވެ.
15 އެޕްރީލް 2025
ކ. މާފުށީގައި ވައްކަން ކުރި ކަމުގެ ތުހުމަތުވު މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް، އެފަދަ ހާލަތްތަކުގައި އޮންނަ އުސޫލެއްގެ ދަށުން ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމަށް އެޗްއާރުސީއެމުން ގޮވާލައިފި އެވެ.
މާފުށީ ފިހާރައަކުން ވައްކަންކުރި ކަމަށް ބުނާ ފިރިހެނެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ މައްސަލާގައި އެޗްއާރުސީއެމުން ކުރި ޕޯސްޓެއްގައި ވަނީ އެ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކުރަމުންދާތީ، އެފަދަ ނާތަހުޒީބު އަމަލުތައް ފެންނަ ވީޑިއޯތައް އާންމުނުކުރުމަށެވެ.
އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވެސް ނުހިންގުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.
އެޗްއާރުސީއެމުން ވަނީ އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފަ އެވެ.
"މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން އެދެމެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަމެވެ."
އެއްވެސް މީހަކު އަނެކާގެ އިންސާނީ ހައްގާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށް ވެސް އެ ކޮމިޝަނުން ނަސޭހަތްތެރިވެ އެވެ. އަދި ޖިނާއީ މައްސަލަތަކާއި މަދަނީ ނުވަތަ އެ ނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅައިފި https://t.co/2X6NadsN9G
— Mihaaru (@Mihaarunews) April 14, 2025
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ މަންޒަރެވެ. އަދި ގައިގައި ކުލަ ހާކަމުންދަނިކޮށް، ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލައި މުޅި ބޮލާއި މޫނާ އެކު ހަށިގަނޑުގައި ކުލަ ހާކުވާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
ފަހުން، އެ މީހާ މޫދު ކައިރީގައި އިނދެ ގައިން ކުލަ ފިލުވަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. ކުލަ ފާޓާ އަޅާލި މީހުން ކައިރީގައި ތިއްބައި، އޭނާ އެތަނުން ގެންދިޔައީ، ފުލުހުންގެ ވެހިކަލަށް އަރުވައިގެންނެވެ.
އެ ވީޑިއޯތަކާ އެކު ގިނަ ބަޔަކު ވަނީ އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުނު މައްސަލަ: ޝަރީއަތް ނިމެންދެން ބަންދަށް
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ވަކީލުންގެ ފުރުސަތު ނުދީ ބަންދު ޖެހުމުގެ ކަންބޮޑުވުން
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!