ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
05 މެއި 2025
ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު ގުޅިގެން އިމާމުންނާއި އިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިސްލާމީ ތާރީހާއި ދީނީ އަދި އިޖުތިމާއީ ގޮތުން އާއްމުން ހޭލުންތެރިކުރުމުގައި މުޖުތަމައުގެ އެންމެ އިސް ދައުރެއް އަދާ ކުރަނީ އިލްމުވެރިންނާއި އިމާމުން ކަމަށެވެ.
އެހެންވެ، މިއީ ވަރަށް މުހިއްމު ފޯރަމެއް ކަމަށާއި އިސްލާމްދީނުގައި އަންގަވަނީ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުން ވެސް ހެޔޮކޮށް، ރަހުމަތްތެރިކަމާއި އިންސާފުވެރިކަމާ އެކު މުއާމަލާތް ކުރުމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވަބާއަކީ ވަކި ދީނަކާ ގުޅުން ހުރި ކަމެއް ނޫނެވެ. އެ ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން އިލްމު ހޯދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމާ ހުރި ތަފާތު އެނގެން ޖެހޭނެ. ޝަރީއަތުގައި ޖިހާދަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވޭ. އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ އެއީ ދައުލަތާއި ވެރިއާގެ ޒިންމާއެއް. ޖިހާދުގެ ހިކުމަތަކީ ގައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމްދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއްވެސް މަނާކުރައްވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އާއި ސައޫދީ އަރަބިއްޔާއާ ގުޅިގެން ކުރާ މަސައްކަތުން ބޮޑެތި ކާމިޔާބީތަކާ ހަމައަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
މަޝްއަރު ޓުއާސްގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފި
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން
މައްކާ ރޫޓް އިފްތިތާހުކުރަން ސައުދީގެ ވަފުދު ރާއްޖެއަށް
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް