މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އަސްނާއާ އިންޓަވިއު ކޮށްފަ އެވެ.
އޭގެ ފަހުން، އަސްނާގެ ތައުލީމާއި ގާބިލުކަމަށް ބަލައި، ކޮމިޓީގެ އިއްތިފާގުން ފާސްކުރީ ޑެޕިޔުޓީ ގަވަރުނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ އެވެ.
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 17 އަހަރު ވަނީ ވެފަ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަކިކޮށްފި
ރިޕޯޓުގެ މައްސަލަ ބަލަނިކޮށް، މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ތަހުގީގު ކުރަނީ
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފާސްކޮށްފި
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާގެ ނަން ހުށަހަޅައިފި
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި
ވިޔަފާރިތަކުން ޑޮލަރުމާރުކުރުން ލާޒިމްވާ ބިލް ފާސްކޮށްފި
މަޓީން އެދިގެން މާލިއްޔަތު ކޮމިޓީ ސިއްރު
ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލް ފާސްކޮށްފި