Roadha Mihaaru

ކުޑަކުދިންގެ ދުވަސް: އުރީދޫގައި ހިދުމަތް ދިނުމުގައި ކުޑަކުދިން

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން "އުރީދޫ ޖޫނިއާސް އޮން ޑިއުޓީ" ގެ ނަމުގައި އެ ކުންފުނީގެ މުވައްޒަފުންނާ އެކު ކޯލް ސެންޓަރު ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފި އެވެ.

އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވެއްޖެ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން "އުރީދޫ ޖޫނިއާސް އޮން ޑިއުޓީ" ގެ ނަމުގައި އެ ކުންފުނީގެ މުވައްޒަފުންނާ އެކު ކޯލް ސެންޓަރު ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފި އެވެ.

އިއްޔެގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރި ވެފަ އެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް އެ ކުދިން މަރުހަބާ ކިޔައި، ސުވާލުތަކަށާއި ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖުތަކަށް ވެސް ޖަވާބު ދީފައިވެ އެވެ.

އެއީ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުނު ކަމެއް ކަމަށް އުރީދޫން ބުންޏެވެ. އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއައީ ކުރިއަށް އޮތް ޖީލު ބާރުވެރި ކުރުވައި އެ ހިދުމަތްތަކަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކަމަށް އުރީދޫން ބުންޏެވެ

އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، ހިތްވަރު ދީ، އާ ކަންކަން ދަސް ކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.