Roadha Mihaaru

ދިރާގު "މާލެ އޯޕަން" ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް

ދިރާގު "މާލެ އޯޕަން 2025" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 މެއި 2025

ދިރާގު "މާލެ އޯޕަން 2025" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ސްވިމިން މުބާރާތެވެ. ހުރިހާ އުމުރުފުރައަކަށް ބައިވެރިވެވޭ ގޮތަށް ބޭއްވި މި މުބާރާތް އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކާ ބައިވެރިވެ، ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުދީ، އޭނާގެ ފެތުމުގެ ތަޖުރިބާތައް ހިއްސާކުރި އެވެ.

ދިރާގުން ބުނީ އެ މުބާރާތުގައި 350 ފެތުންތެރިން ބައިވެރި ކަމަށާއި އޭގެތެރެއިން 340 އަށް ވުރެ ގިނަ ފެތުންތެރިން ރޭސް ފުރިހަމަކުރި ކަމަށެވެ. "މާލެ އޯޕަން" ފެތުމުގެ މުބާރާތަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުވަން ބޭއްވި މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ.

އެ މުބާރާތުގައި، އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ބައިވެރިވި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ ކޮމްޕެޓިޓިވް އެއް ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީ އެވެ.

ދިރާގު މާލެ އޯޕަން 2025ގެ 10 އަހަރާއި 12 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިބްރާހީމް ޔުއާން ޝަމީމް އެވެ. އަދި ދެވަނަ މިކައިލް ލައެލް އަބްދުލްއަލީމް ހޯދިއިރު ތިން ވަނަ ހޯދީ ނޫމާން މުހައްމަދު ނަސީފު އެވެ. އެ މުބާރާތުގެ 10 އަހަރާއި 12 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ މަރިޔަމް އައިރާ ޝިރްމީލް އެވެ. އަދި ދެވަނަ އައެޝާ ޒަޔާހް ޙުސައިން ހޯދިއިރު ތިން ވަނަ ހޯދީ ޢަޝްޔާ އެއިލިޔާ ނާޒިމް އެވެ.

ދިރާގު މާލެ އޯޕަން 2025 ގެ 13 އަހަރާއި 14 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިސްމާޢިލް ހާމް ޙުސައިން އެވެ. އަދި ދެވަނަ މުޙައްމަދު އަލްޔަން ޝިފާން ހޯދިއިރު ތިން ވަނަ ހޯދީ އިބްރާހީމް ޖޫދް ޙުސައިން އެވެ. އެ މުބާރާތުގެ 13 އަހަރާއި 14 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަލްޔާ އަޝްރަފް އެވެ. އަދި ދެވަނަ މަރިޔަމް މީސަމް ނިޔާޒް ހޯދިއިރު ތިން ވަނަ ހޯދީ ދާލިޔާ އައިޑާ ލަޠީފް އެވެ.

ދިރާގު މާލެ އޯޕަން 2025 ގެ 15 އަހަރާއި 19 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އިފްޒާލް އިބްރާހީމް މަޙްފޫޒް އެވެ. އަދި ދެވަނަ ލޫތު މުޙައްމަދު ޙުސައިން ހޯދިއިރު ތިން ވަނަ ހޯދީ ޔޫސުފް ޒިޔާން ޒާހިދު އެވެ. އެ މުބާރާތުގެ 15 އަހަރާއި 19 އަހަރާ ދެމެދު އަންހެން ކެޓަގަރީއިން އެއް ވަނަ ހޯދީ އަޔާނާ ޢަރީފް އެވެ. އަދި ދެވަނަ އާއިޝަތު އަލީނާ ޝާހިދު ހޯދިއިރު ތިން ވަނަ ހޯދީ ލައިބާ ޙަސަން މަނިކު އެވެ.

ދިރާގު މާލެ އޯޕަން 2025ގެ 20 އަހަރާއި 29 އަހަރާ ދެމެދު ފިރިހެން ކެޓަގަރީއިން އެއް ވަނަ ހޯދީ މުބާލް ޢައްޒާމް އިބްރާހީމް އެވެ. އަދި ދެވަނަ ހޯދީ އަޙްމަދު ޝާވީ ރާފިއު އެވެ. އެ މުބާރާތުގެ 30 އަހަރާއި 39 އަހަރާ ދެމެދުގެ ކެޓަގަރީއިން އެއް ވަނަ ހޯދީ މުހައްމަދު އާމިރު އެވެ. އަދި ދެވަނަ މިންވާލް އިބްރާހިމް ހޯދިއިރު ތިން ވަނަ ހޯދީ ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

އެ މުބާރާތުގެ 40 އަހަރާއި 49 އަހަރާ ދެމެދުގެ ކެޓަގަރީއިން އެއް ވަނަ ހޯދީ އާދަމް އަރީފް އެވެ. އަދި ދެވަނަ ހުސެއިން އިލްހާމް ހޯދިއިރު ތިން ވަނަ ހޯދީ އަހުމަދު ފިރާސް އަފީފް އެވެ. އެ މުބާރާތުގެ 50 އަހަރުން މަތީގެ ކެޓަގަރީއިން އެއް ވަނަ ހޯދީ ހުސެއިން ރިޔާޒް އެވެ. އަދި ދެވަނަ އަބްދުއްޝަކޫރު ހޯދިއިރު ތިން ވަަނަ ހޯދީ އަހުމަދު ނިޔާޒް އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ މަގާމަށް މުބާލް ޢައްޒާމް އިބްރާހީމް ހޮވުނު އިރު ދެވަނަ އަށް ދިޔައީ އިފްޒާލް އިބްރާހީމް މަޙްފޫޒު އެވެ. އަދި ތިން ވަނަ ކާމިޔާބު ކުރީ ލޫޠު މުޙައްމަދު ޙުސައިން އެވެ. އެ މުބާރާތުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމު ހޯދީ އަޔާނާ ޢަރީފު އެވެ. އަދި ދެވަނަ ޢާއިޝަތު އަލީނާ ޝާހިދު ހޯދިއިރު ތިން ވަނަ ހޯދީ ލައިބާ ޙަސަން މަނިކު އެވެ.

ދިރާގުން ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެކި ޖަމްއިއްޔާތަކާ އެކު ދަނީ މަސައްކަތް ކުރަމުންނެވެ.