ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
26 މެއި 2025
ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ތުހުމަތުވާ ފަރާތް މިހާތަނަށް ހައްޔަރުކޮށްފައިނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއްވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
ޓީޗަރަކު ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކޮށްފި
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
އިނގިލި އަނބުރާލިކަމުގެ ތުހުމަތުވާ ޓީޗަރު ހައްޔަރު
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ސަނީ އުމަރުގެ މައްސަލަ އާއިލާގެ ފަރާތުން ޕޮލިހަށް
ކުއްޖާއަށް އަނިޔާކުރި މައްސަލަ ފުލުހުން ބަލަނީ
ކުއްޖަކަށް ސިނގިރޭޓުދީ ބިރުދެއްކި މައްސަލައެއް
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ