އައްޑޫ މީދޫ، އީކޯ ގާޑަން، މަތިކިޅީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ އެތަނަށް ގެއްލުންދޭން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފި އެވެ.
27 މެއި 2025
އައްޑޫ މީދޫ، އީކޯ ގާޑަން، މަތިކިޅީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ އެތަނަށް ގެއްލުންދޭން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފި އެވެ.
މަތިކިޅި ސޮސައިޓީން ސޯޝަލްމީީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ރޭ ފަތިހުގެ ވަގުތެއްގައި އަނެއްކާ ވެސް މަތިކިޅީގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އީކޯ ގާޑަންގެ އެންޓްރީ ވޯކްވޭގެ ދެކުނު ފަރާތުގައި މިފަހަރު އަލިފާން ރޯކޮށްފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.
އެ ސޮސައިޓީން ތުހުމަތުކުރަނީ މިއީ ބަޔަކު ގަސްދުގައި ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި އެކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ވެސް ވަނީ ގޮވާލައިފަ އެވެ.
"މިއީ ސީދާ އީކޯ ގާޑަނަށް ގެއްލުން ދިނުމަށް ޖެހި ހުޅެއް ކަމަށް ތުހުމަތުކުރެވެ އެވެ. މިފަދަ ކަންކަން ކުރާ މީހުން ހޯދައި ތަހުގީގުކޮށް އެ މީހުންނަށް ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ފޭސްބުކްގައި މަތިކިޅި ސޮސައިޓީން އާންމުކުރި ޕޯސްޓުގައިވެ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ވަނީ މަތިކިޅީގައި ވަނީ އަލިފާން ރޯވެފަ އެވެ. އެތަނުގެ ހޭޅިފަށަށް ޖަމާކޮށްފައިވާ ކުނިތަކެއްގައި ރޯވެ، އަލިފާންގަނޑު ބޮޑު ބަޔަކަށް ފެތުރި ވަނީ މަތިކިޅީގެ ބޮޑު ބައެއް ވެސް އަނދައިފަ އެވެ. އެހެންވެ، އެ ސޮސައިޓީން ވަނީ އެތަނުގައި އަލުން ވިނަ އިންދައިފަ އެވެ.
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް
މީދޫ އިކޯގާޑެންގައި ރޯވި އަލިފާން އަދިވެސް ނުނިވޭ!
މީދޫ އެމްޑީޕީގެ ޖަހައެއްގައި ރޯކޮށްލައިފި
މާލި ހެދެނިކޮށް ފިހުނު ޖިހާދުގެ ހާލު ރަނގަޅު
ހުޅުދޫ/މީދޫ ވަކިކުރުމަކީ ތަރައްގީގެ ފެށުން: ރައީސް
ހުޅުދު އާއި މީދޫގައި ވަކި ދެ ކައުންސިލެއް އުފައްދަނީ
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
އައްޑޫ ވޯޓު: މަދު ބަޔަކު ނުކުމެ ގޮތް ނިންމީ ކީއްވެ؟
އައްޑޫ ވޯޓު: ވޯޓުލާން ނުކުތީ 47 ޕަސެންޓް މީހުން
ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ-މީދޫ ބޭނުމީ ވަކިވާން