އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ ދެ އެވޯޑެއް އުރީދު އަށް ލިބިއްޖެ އެވެ.
16 ޖޫން 2025
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ ދެ އެވޯޑެއް އުރީދު އަށް ލިބިއްޖެ އެވެ.
އެ އެވޯޑު ހަފްލާގައި އުރީދޫ އަށް އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ގޯލްޑް ސްޓީވީ އެވޯޑް ވަނީ ލިބިފަ އެވެ. އެ އެވޯޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ބައްޓަން ކުރުމުގައި އެ ކުންފުނީގެ ދައުރު ފާހަގަކޮށް ދިން އެވޯޑެކެވެ.
އެ ހަފުލާގައި އުރީދޫއަށް ލިބުނު ދެ ވަނަ އެވޯޑަކީ އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ އެވޯޑެވެ. މިއީ އެ ކުންފުނީގެ އެއާ އެމްބިއުލާންސް އިނީޝިއޭޓިވްއަށް ލިބުނު އެވޯޑެކެވެ. އުރީދޫން ވަނީ 2024 ވަނަ އަހަރު އަލަށް ފެށި އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓު ސަރުކާރަށް ހަދިޔާކޮށްފަ އެވެ.
އުރީދޫން ބުނީ ޓެކްނޮލޮޖީގެ ކުރިއެރުމާއި، އިޖްތިމާއީި ޒިންމާއަދާކުރަން އުރީދޫ އިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި އެ މަސައްކަތްތައް ބަލައިގަނެ، އެކަމަށް ރިކޮގްނިޝަން ލިބިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެ އެވޯޑްތަކަކީ އުރީދޫގެ މުޅި ޓީމްގެ މަސައްކަތް ރަމްޒުކޮށްދޭ އެވޯޑެއް ކަމަށާއި އެ އެވޯޑަކީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ލިބުނު ބާރެއްގެ ގޮތުގައި ސިފަކުރި އެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އިނީޝިއޭޓިވް އެވެ.
އުރީދޫގެ އުމްރާ ދަތުރުގެ ހަވަނަ ނަސީބުވެރިޔާ ހޮވައިފި
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް އެވޯޑް
އުރީދޫއިން ހަބޭސް ބޮޑުބެރާއެކު ބޮޑުބެރު ކްލާސްތަކެއް
އެންމެ ރަނގަޅު އެމްޕްލޯޔާގެ އެވޯޑެއް އުރީދޫއަށް
ހައްވަގެ ދިރިއުޅުން ގުޅުވާލި އުރީދޫ ލިވް އަންލިމިޓެޑް
އުރީދޫގެ ސުޕަނެޓް ކަނެކްޝަނަށް ހޯމް އިންޝުއަރެންސް
ސަބްމެރިން ކޭބަލް އެޅި ފުރަތަމަ ރިސޯޓަކަށް އިތާފުށި
ޑިޖިޓަލް ރާއްޖެއެއްގެ ދަތުރުގައި އުރީދޫއަށް 20 އަހަރު
އުރީދޫގެ ސުޕަޑީލެއް ކަށަވަރު، ޑަޔަލްކޮށްލާ!
އުރީދޫ މަސް ރޭސް މި އަހަރު ފުނަދު އާއި ހުރާގައި