ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވަން ނިންމަވައިފި އެވެ.
17 ޖޫން 2025
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވަން ނިންމަވައިފި އެވެ.
ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ބޭނުންވާތީ، އެ މަރުކަޒަށް ވަދެވަޑައިގަތުުގެ ހުއްދައަކަށް މެމްބަރު ކުޑޫ އެދިވަޑައިގަތީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް އެކަމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ކުޑޫ ފޮނުއްވި ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
އެހެންވެ، ކުޑޫ ވަނީ އެއީ މަޖިލީހުގެ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވިދާޅުވެ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، އެއީ ގަރާރާއި ކުއްލި މައްސަލައިގެ ތެރެއަށް ފެތޭ ކަމަކަށް ވާތީ މަޖިލިހުގެ އިދާރީ މޭޒުން ލަފާ ދިނީ މަޖިލިހުގެ ތަޅުމަށް މައްސަލަ ހުށަހަޅާށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ، އެ ތަންތަނުން އެ މެންބަރަކު އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭން ވާނެ އެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ އެވެ.
ކުޑޫ ވިދާޅުވީ، މިނިސްޓަރު ނާޒިމަށް ފޮނުއްވި ސިޓީއަށް ޖަވާބެއް ނުދެއްވުމުން، މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް ސިފަކުރެވޭ ކަމަށެވެ.
ކުޑޫ ހުށަހެޅި އިމްތިޔާޒު މައްސަލަ ބަލައިގެންފި
މަހުމޫދު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
ސިޔާސީ ސުވާލުތަކަށް ސައީދު ދެއްވީ ސިޔާސީ ރައްދެއް
ބިދޭސީންނަށް އާސަންދަ ދިނުމާ ބެހޭ ގަރާރު ބަލައިގެންފި
މާލީ ބަޔާން އާއްމުކުރަން ހުށަހެޅި ދެ ބިލް ބަލައިގެންފި
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
ޓައީ އަޅަން މަޖުބޫރުނުވާ ގޮތަށް ކޮމިޓީން ފާސްކޮށްފި
ވަޒީރުންގެ މާލީ ބަޔާން އާއްމުކުރާ އިސްލާހު ބަލައިގެންފި
އައިނު ފިހާރައަށް އަހަރަކު ހަރަދުވަނީ ތިން މިލިޔަން
މަގާމަށް އައުމާއެކު މާލީ ބަޔާން ހާމަކުރަން ހުށަހެޅުމެއް