އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލަށް ފެން ފޯރުކޮށްދޭން ގާއިމްކުރި ޕައިޕްލައިން ސިސްޓަމް މިއަދު އިފްތިތާހްކޮށްފި އެވެ.
23 ޖޫން 2025
އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލަށް ފެން ފޯރުކޮށްދޭން ގާއިމްކުރި ޕައިޕްލައިން ސިސްޓަމް މިއަދު އިފްތިތާހްކޮށްފި އެވެ.
ވީއައިއޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ސިސްޓަމް އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އެ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ.
މި ސިސްޓަމްގެ 635 މީޓަރު އަޅާފައި ވަނީ ފަޅު ތެރޭގަ އެވެ. އެ މަސައްކަތް ކުރީ އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.
ޕައިޕްލައިން ސިސްޓަމް އިފްތިތާހްކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވަނީ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އިރުޝާދާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެއާޕޯޓުގެ އާ ޓާމިނަލްގެ ކަންކަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވެނީ ރައީސްގެ ލަފަޔާއި އެހީތެރިކަމާއި އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެ އެވެ. އަދި އިގްތިސާދީ މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްގީ ފޯރުކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި އެ މަސައްކަތް ރައީސް ގާތުން ބައްލަވަމުން ގެންދަވާ ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ މަސައްކަތް އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ވެފައި، ހަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށެވެ. އަދި އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާކަން ފާހަގަކުރެއްވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވަނީ ޖުލައި 26ގަ އެވެ. އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތްކުގެ ތެރޭގައި އެއާ ބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިން ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމެއް ހިމެނެ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ހަވާ ދުނިޔޭގެ ރެކޯޑް ފޮތަށް
އާ ޓާމިނަލްގައި ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ
އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ އޭ330 ބޯޓަށް
ކުރީގެ ރައީސުންގެ ދައުވަތަށް ވަޑައިގަތީ ނަޝީދާއި ވަހީދު
ޑްރޯން ޝޯ އާއި ހަވާއިން ދައްކާލީ މިނިވަންކަމާއި ތާރީހު
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލްގައި ޔާމީނާއި އިބޫގެ ދައުރަށް ޝުކުރު
ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ތާރީހީ ކުލަގަދަ ހަފުލާއަކުން އާ ޓާމިނަލް ހުޅުވައިފި
ޑްރޯން ޝޯ 9:20 އަށް، ހަވާ އެރުވުން 9:40 ގައި