މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް) ގެ ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
26 ޖޫން 2025
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިންސްޓިޓިއުޓް މޯލްޑިވްސް (އެއިމް) ގެ ސެޓްފިކެޓް 3 އިން އެއާޕޯޓް ސެކިއުރިޓީ އެންޑް މެނޭޖްމަންޓް ކޯސް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރަމުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި އެކަމަށްޓަކައި އީއެސްއެސް މުޅި ޓީމަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.
ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިއުގެ މައްސަލަ ހައްލުވީ އެސްޓޭޓް ސެކިއުރިޓީގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އޭގެ ސަބަބުން މުޅި އެއާޕޯޓަށް ފަސޭހަތަކެއް ލިބުނު ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަހުލާގާއި އިހުތިރާމާއި ގާބިލުކަން އެންމެ ފުރިހަމައަށް ފެންނަ އެއް ޑިޕާޓްމަންޓަކީ އީއެސްއެސް ކަމަށާއި އެއީ ތަމްރީނުތަކުގެ ފުރިހަމަ ނަތީޖ ކަމަށެވެ. އަދި އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ވެސް ކަމަށް ކަމޭހިތާ، އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަންނަ ބަޔަކަށް ހެދުމަކީ އެ ކުންފުނިން އުފައްދާފައިވާ އޭވިއޭޝަން އިންސްޓިޓިއުޓްގެ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އެއިމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްއޭސީ.އެލްގެ ޖެނެރަލް މެނޭޖަރު އާދަމް ނަސީރު ވިދާޅުވިގޮތުގައި، މުސްތަގުބަލުގައި އެ އިންސްޓިޓިއުޓްގެ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ވަނީ ރާވައިފަ އެވެ. އަދި ތައުލީމީ ގޮތުން އެމްއޭސީއެލްގެ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ އީއެސްއެސްގެ އަހަރީ ކަލަންޑަރު އިއްޔެގެ ރަސްމިއްޔާތުގައި ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
ޓާމިނަލްގެ 70 ޕަސެންޓް ނިންމީ މި ސަރުކާރުން: ޝަރީފު
އާ ޓާމިނަލާ އެކު އާމްދަނީ 7-8 ޕަސެންޓަށް އިތުރުވާނެ
އާ ޓާމިނަލް ފުލް އޮޕަރޭޝަނަށް ގެންނާނީ ސެޕްޓެމްބަރުމަހު
ގޮންޖެހުންތަކަށްފަހު ޓާމިނަލުން ހިތްގައިމު އުދުހިގަތުމެއް
ވީއައިއޭގެ އާ މާސްޓަޕްލޭން ސެޕްޓެމްބަރަށް ނިމޭނެ
އާ ޓާމިނަލް އޮޕަރޭޓް ކުރުމުގެ ހުރިހާ ކަމެއްގައި ދިވެހިން
ޓާމިނަލް ހުޅުވާ ހަފުލާއަށް ހުރިހާ ރައީސުންނަށް ދަައުުވަތު
އާ ޓާމިނަލުގެ ޗެކް-އިން ސިސްޓަމް ޓެސްޓުކޮށްފި
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް