ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާ އެކު، އެ ކުންފުނީގެ ފައިދާ އިތުރުވެ، ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާ އެކު، އެ ކުންފުނީގެ ފައިދާ އިތުރުވެ، ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، އަންނަ ޖުލައި 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޓާމިނަލް ވާނީ ކުންފުނީގެ ހިދުމަތްތައް އިތުރު ކުރާއިރު ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތަނަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުގައި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީ ޝަރީފު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްއޭސީއެލް
މިދިޔަ އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި އިރު، ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32 ޕަސެންޓުގެ ކުރިއެރުމެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށި އެ މަޝްރޫއު ނިންމައި އެއާޕޯޓް އަވަހަށް ހުޅުވުމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ އިސްކަމެއް ދިން އެއް ޕްރޮޖެކްޓެވެ. އެކަމަށް ބޭނުންވާ އިތުރު ފައިނޭންސިން ވެސް ސައުދީ ފަންޑާ ގުޅިގެން އިތުރު ކުރި އެވެ.
ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. ޕްރޮޖެކްޓަށް ގެނައި އާ ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި އެވެ.
އެމްއޭސީއެލްގެ މުވައްޒަފުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރިއަށް އޮތް ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރިތަކާ ގުޅޭ ކަންކަމެވެ.
އެމްއޭސީއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ އާ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހާއި ބޯޑު މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ނޫރައިން ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީތައް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެޓެކްސް އަށް ވީއައިޕީ ޓާމިނަލް ދޭކަށް ނޫޅޭ: ޝަރީފު
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"
އާ ޓާމިނަލްގެ ބޯޑިން ބްރިޖަށް މުވައްޒަފުން ތަމްރީނުކޮށްފި
އެމްއޭސީއެލްއިން އެއިމްގެ ސެޓްފިކެޓު 3 ތައާރަފްކޮށްފި
އެމްއޭސީއެލަށް ނޫރްއައިން، އެޗްޑީސީއަށް ޝަހީރު
ވީއައިއޭގެ އާ ޓާމިނަލް ޖުލައި 26 ގައި ހުޅުވަނީ
ވީއައިއޭއަށް 59: ކުރިއަށް އޮތީ ބޮޑެތި ތަރައްގީތަކެއް
އެމްއޭސީއެލް އާއި އާރްއޭސީއެލް މިމަހު އެއްކޮށްލަނީ