ރާއްޖޭގެ ގެސްޓް ހައުސް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ސިމްޕޯޒިއަމް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
01 ޖުލައި 2025
ރާއްޖޭގެ ގެސްޓް ހައުސް ދާއިރާއަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ސިމްޕޯޒިއަމް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވާ ހަރަކާތެކެވެ. އެމްއައިބީން ބުނީ މި ސިމްޕޯޒިއަމަކީ ގެސްޓް ހައުސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ހިޔާލު ބަދަލުކޮށް، ދާއިރާގައި ހުރި ގޮންޖެހުންތަކާއި އެ ދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކުރާ ޕްލެޓްފޯމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ގެސްޓް ހައުސް ދާއިރާ ބިނާކުރުމުގައި ފަންނީ މާހިރުންގެ އިރުޝާދު ލިބޭނެ ހަރަކާތެއްގެ ގޮތުގައި އެ ބެންކުން ސިފަ ކުރެ އެވެ.
އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ޕެނަލް ޑިސްކަޝަންތަކާއި އެކި ދާއިރާގެ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަންތައް ހިއްސާކުރެ އެވެ. އަދި އެ ދާއިރާއަށް އަލަށް ތައާރަފްކުރާ އަމިއްލަ ފަރާތްތަކުގެ ޕްރޮޑަކްޓުތައް ހިއްސާކުރުމުގެ ފުރުސަތު ދެ އެވެ.
އެމްއައިބީން މިދިޔަ އަހަރު ބޭއްވި ގެސްޓް ހައުސް ސިމްޕޯޒިއަމް އަށް ހޫނު ތަރުހީބެއް ލިބުނެވެ. އެ ސިމްޕޯޒިއަމްގައި ވެސް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ބައިވެރިވި އެވެ.
އެމްއައިބީ ގެސްޓް ހައުސް ސިމްޕޯޒިއަމް މި އަހަރު ވެސް އޮންނާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގަ އެވެ. މި ހަރަކާތް އޮންނާނީ އޮކްޓޯބަރު ދެ ވަނަ ދުވަހު އެވެ.
އެެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އެބޭންކުން ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް ރާއްޖޭގެ ބޭންކިން ހިދުމަތްތައް ދެމުންނެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
"ދިރާގު ޕޭ"ގެ ނަމުގައި ޑިޖިޓަލް ވޮލެޓެއް
ދިރާގު ކަސްޓަމަރުންނަށް "ހޮޓް ޑީލްސް"ތަކެއް
ބަދަލުތަކާއެކު އެމްއައިބީ9 ރިވޯޑް ކްލަބް ރީލޯންޗްކޮށްފި
ގޭމިން ކޮންކުއެސްޓް 1500 ގޭމަރުންނާ އެކު ފަށަނީ
ދިރާގުން ސެމްސަންގް ފޯނު ގަންނަ މީހުންނަށް ޕްރޮމޯޝަނެއް
"ގާލްސް ޓު ކޯޑު"ގެ މާލެ އެޑިޝަން ފަށައިފި
ދިރާގުޕޭއަށް ރަޖިސްޓްރީ ކޮށްގެން އައިފޯން 16އެއް!
ދިރާގު ކަސްޓަމަރުން 20ރ. ރީލޯޑުކޮށްގެން އިނާމުތަކެއް
ގިނަ ގައުމުތަކަށް ދިރާގުގެ އަގުހެޔޮ އައިޑީޑީ ޕެކޭޖް