ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެވްރެޖު ސްޓޭ [ދުވަހުގެ] އަދަދު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
02 ޖުލައި 2025
ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެވްރެޖު ސްޓޭ [ދުވަހުގެ] އަދަދު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރަނީ 6.8 ދުވަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން 7.7 ދުވަސް ހޭދަކުރެ އެވެ.
މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު ވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ދަނީ ދަށްވަމުންނެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ޓޫރިސްޓުން އެވްރެޖުކޮށް 8.8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. އޭރު ޓޫރިސްޓުން އެހާ ގިނަ ދުވަސް ހޭދަކުރީ، ކޮވިޑާ ގުޅިގެން ދަތުރުކުރުމުގައި ގެންގުޅުނު ފިޔަވަޅުތަކާ ގުޅިގެން ކަރަންޓީން ވާންޖެހޭ ޖެހޭތީ އެވެ.
ޓޫރިސްޓުން އެވްރެޖުކޮށް ހޭދަކުރާ ދުވަހުގެ އިތުރުން ބެޑްނައިޓްސް ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އެއް ޕަސެންޓް މިހާރު ވަނީ ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު 5.9 މިލިއަނަށް އަރަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓުން ރާއްޖޭގައި 13.3 މިލިއަން ރޭ ހޭދަކޮށްފައިވެ އެވެ.
ރާއްޖޭގައި މި ވަގުތު 62،000 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން 72 ޕަސެންޓު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.
ހުރިހާ ޑޮލަރެއް ބޭންކަށް މާރުނުކޮށް މިކަން ވާނެތަ؟
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި
އަހަރަކު 750 މިލިއަން ބޭންކުތަކަށް މާރުކުރަން ޖެހޭ!
ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 12 ބިލިއަނަށް!
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 95 ޕަސެންޓު ދަށަށް
ޓޫރިޒަމްގެ 80 ޕަސެންޓު ކުންފުނިތަކުން މުސާރަ ކުޑަކުރި
ޗައިނާ ޓޫރިސްޓުން 56 ޕަސެންޓް މަދުވި: އެމްއެމްއޭ