ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
09 ޖުލައި 2025
ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ 35 ރަށުގެ ތެރެއިން ސްމާޓް މީޓަރު ހަރުކޮށްފައި މިހާރު ހުރީ ހުޅުމާލެ 2 ގައި އެކަންޏެވެ.
އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ތަނެއްގައި ސްމާޓް މީޓަރު ހަރުކޮށް ތިން އަހަރު ތެރޭ ނިންމަން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮގަސްޓުގަ އެވެ.
ސްޓެލްކޯގެ ސްމާޓް މީޓަރެއް.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ހިޔާ ފްލެޓްގެ މީޓަރުތަކަށް ސްމާޓް އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ދައްކުވައިދެނީ-- ފޮޓޯ: ސްޓެލްކޯ
"ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާ އެކު ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުންކުރާ މިންވަރު ވެސް ފެންނަމުންދާނެ،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ އެ ހިދުމަތާ އެކު ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދު ކުރެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވުމެވެ.
ސްމާޓް މީޓަރު އެޕްލިކޭޝަނުން ވަކި މުއްދަތެއްގައި ކަރަންޓު ބޭނުންކުރި މިންވަރު ދައްކުވައިދެނީ-- ފޮޓޯ: ސްޓެލްކޯ
ސްމާޓް މީޓަރު އެޕްލިކޭޝަނުން އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ އިތުރުން ސްޓެލްކޯ ކެއާ މެދުވެރިކޮށް ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތު ވެސް ކުރެވޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޓްރެއިނިން ސެންޓަރު ހުޅުވައިފި
ފަހުމީގެ ޝުކުރު ރައީސަށް
ސްޓެލްކޯއިން ފަހުމީ ވަކިކޮށް، ޝަމާހު އައްޔަންކޮށްފި
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި
ތިން ޒުވާނުންގެ ހިޔާލާ އެކު، ސްޓެލްކޯއަށް ބޮޑު ލުޔެއް
އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ ބުރާސްފަތީގައި
11.9 މިލިއަނަށް ތުލުސްދޫގައި އިންޖީނުގެއެއް އަޅަނީ
ޕީކް ސީޒަނަށް ހުޅުމާލޭގައި ހެދި އިންޖީނުގެ ހުޅުވައިފި
ޕީކް ސީޒަނަށް ހުޅުމާލޭގައި ދެ ތެޔޮ ޓޭންކް ބަހައްޓަނީ