އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް މިއަދު ހަދިޔާކޮށްފި އެވެ.
25 ޖުލައި 2025
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ހަފްލާއެއްގައި ހޮސްޕިޓަލްތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
"އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އަކީ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް، ގިނަ ހިދުމަތްތަކާ އެކު ހެދި މިފަދަ ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ.
ކޮންމެ ތަނެއްގައި ވެސް ބަހައްޓާލެވޭ އެ ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެ އެވެ.
ޕަވަ ޖަނަރޭޓަރާ ވެސް އެކު ހުންނަ މި ހެލްތު ކިއުބްގައި ލޭގެ ޓެސްޓްތައް ހަދަން ބޭނުންވާ ސާމާނު ވެސް ހުންނަ އިރު މިއީ ބޮޑެތި ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެއްޗެކެވެ. މިއިން ކިއުބަކުން މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭނެ އެވެ. އަދި 200 މީހުންނަށް ފަރުވާދެވޭނެ އެވެ. ހެލިކޮޕްޓަރާއި ޕެރަޝޫޓްގައި ވެސް ކޮންމެ ތާކަށް ވެސް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވައި، ފަރުވާގެ ކަންކަން ފެށުމަށް ހޭދަވާނީ އެންމެ 12 މިނެޓެވެ.
ޕޯޓަބަަލް ހޮސްޕިޓަލް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
ހެލްތް މިނިސްޓްރީން ބުނީ މި ހޮސްޕިޓަލްތައް ހިންގާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްއިން ކަމަށެވެ. ރާއްޖޭގައި އެ ބޭނުން ކުރުމަށް ޓްރެއިން ތަނެއް ހިންގާފައިވާ ކަމަށާއި ރާއްޖޭގެ 20 މީހަކު އެ ތަމްރީންތަކުގައި ބައިވެރިވި ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި ބަޔޯމެޑިކަލް ތަޖުރިބާކާރުން އަދި ނަރުހުން ހިމެނެ އެވެ.
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
"އިންޑިއާއަކީ ތަރައްގީގެ އިތުބާރުކުރެވޭ ބައިވެރިއެއް"
ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު މޯދީ ފުރާވަޑައިގެންފި
އެލްއޯސީގެ ރީޕޭމެންޓް ދެއްކުމަށް ލުއި ދީފި
ބީއެމްއެލްގައި ރުޕީ އެކައުންޓް ހުޅުވޭ ގޮތް ހަދައިފި
އިންޑިއާއިން ސިފައިންނަށް 72 ވެހިކަލް ހަދިޔާކޮށްފި
އިންޑިއާގެ އެހީގައި ހެދި 4،000 ފްލެޓް ހަވާލުކޮށްފި
565 މިލިއަން ޑޮލަރުގެ އެލްއޯސީއެއްގައި ސޮއިކޮށްފި
ރާއްޖެ-އިންޑިއާ 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
މޯދީއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި