ރާއްޖޭގައި ފިޒިއޮތެރަޕީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ޓޯޓަލް ފިޒިއޯއިން ކަނދުރާ އަދި ކޮނޑަށް ހާއްސަ ކޮށްގެން ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
27 ޖުލައި 2025
ރާއްޖޭގައި ފިޒިއޮތެރަޕީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ޓޯޓަލް ފިޒިއޯއިން ކަނދުރާ އަދި ކޮނޑަށް ހާއްސަ ކޮށްގެން ހަތް ދުވަހުގެ ޓްރީޓްމަންޓް ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
ކަނދުރާ ނުވަތަ ކޮނޑަށް ދޭން ޖެހޭ ފިޒިއޮތެރަޕީގެ ހުރިހާ ހިދުމަތެއް އެ ޕެކޭޖުގެ ދަށުން ކަވަރު ކުރާނެ އެވެ. ކަނދުރާ ނުވަތަ ކޮނޑަށް ފިޒިއޮތެރަޕީ ބޭނުންވާ ބަލިމީހުގެންގެ ތެރެއިން އެޑްވާންސް ތެރަޕީގެ ދަށުން ފޯރުކޮށްދޭ ކްރަޔޯތެރަޕީ, ޝޮކްވޭވް ނުވަތަ ލޭޒާތެރަޕީ ބޭނުންވާ މީހުންނަށް މި ޕެކޭޖުގެ ދަށުން ކަވަރު ކުރާނީ އެޑްވާންސް ތެރަޕީގެ ދެ ސެޝަނެވެ.
ޓޯޓަލްފިޒިއޯގެ އޮފާއާ ގުޅޭ ޕޯސްޓެއް.
ކަނދުރާ ނުވަތަ ކޮނޑަށް ދޭ ހަތް ދުވަހުގެ ޓްރީޓްމަންޓަށް ހޭދަކުރަން ޖެހެނީ 2،500ރ. އާއި 3،645ރ. އާ ދެމެދުގެ އަގުތަކެކެވެ.
ޓޯޓަލް ފިޒިއޯއިން މި ސްކޫލް ބަންދާ ދިމާކޮށް ތައާރަފްކުރި ހާއްސަ ޕެކޭޖުގެ ދަށުން ކަނދުރާ އާއި ކޮނޑަށް ދޭ ހަތް ދުވަހުގެ ފިޒިއޮތެރަޕީ އަށް ދައްކަން ޖެހޭނީ 1،750ރ. އެވެ. މި ހާއްސަ އޮފާގެ މުއްދަތަކީ މިއަދުން ފެށިގެން އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓޯޓަލްފިޒިއޯއިން ބުނީ ކަނދުރާ އާއި ކޮނޑަށް ބޭނުންވާ ފިޒިއޮތެރަޕީގެ ހާއްސަ އަގުތަކެއްގެ ޕެކޭޖެއް ތައާރަފްކުރީ އެއީ ގިނަ ބަޔަކު ހޯދާ ހިދުމަތަކަށް ވުމުން ހެޔޮ އަގުގެއްގައި, ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.
ހ. ސަކީނާ މަންޒިލް، 3 ވަނަ ފަންގިފިލާގައި ހުންނަ ޓޯޓަލްފިޒިއޯ އަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު، ފިޒިއޯތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ. މިއީ އެންމެ ފުރަތަމަ ރާއްޖޭގައި އެޑްވާންސް ލޭޒާ ތެރަޕީ އަދި ކްރައޯތެރަޕީ ދޭން ފެށި ކްލިނިކު ވެސް މެ އެވެ.
މި ކްލިނިކުން ފިޒިއޯތެރަޕީގެ ހިދުމަތް ހޯދުމަށް ޑޮކްޓަރުގެ ލިޔުމެއް ބޭނުމެއް ނުވާނެ އެވެ. އަދި ޑޮކްޓަރުގެ ލިޔުމެއް އޮތް ކަމުގައިވީ ނަމަވެސް އެއްވެސް ފަރުވާއެއް ދޭން ފަށާނީ ކޮންސަލްޓޭޝަނާއި އެސެސްމަންޓަށް ފަހު އެވެ. ކޮންސަލްޓޭޝަނާއި އެސެސްމަންޓް ހަދާނީ އެ މީހަކަށް ފަރުވާދޭ ފިޒިއޯތެރަޕިސްޓެވެ.
ޓޯޓަލްފިޒިއޯއިން ދޭ ހިދުމަތްތަކާއި އަލަށް ތައާރަފްކުރި އޮފާއާ ގުޅޭ އިތުރު މައުލޫމާތާއި އެޕޮއިންޓްމަންޓު ހެއްދުމުގެ ހިދުމަތް 3301700 އާއި 7661700 ނަމްބަރުން ލިބޭނެ އެވެ. އަދި 7661700 އިން ވައިބާ މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
މަޝްހޫރު ގަމްބަރީނީ އައިޖީއެމްއެޗްގެ ވޯކްޝޮޕެއްގައި
ސެޓްފިކެޓް ނެތި ކާބޯތަކެތީ ކްލިއަރެންސް ދިނުމުން ދައުވާ
ފާޓިލިޓީ ސަޕޯޓުގެ ފުރަތަމަ އެވޯޑު ޑރ. ނާއިލާއަށް
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
އައިޖީއެމްއެޗުން އަމިއްލައަށް ކާޑިއެކް ސެންޓަރު ހިންގަނީ
އެމްއާރްއައިއިން ނޯމަލް، ހޮކޭ ހޮސްޕިޓަލުން ދޫކޮށްލައިފި
ދުންފަތާ ދެކޮޅަށް މިހާރު ބޭނުމީ ހަރުކަށި ތަންފީޒު!
ޔޫކޭގައި "ހަކުރު ޓެކްސް" މިލްކްޝޭކާއި ކޮފީއަށް ވެސް
ޕްރޮސްތެޓިކް ލެބްގެ ހިދުމަތް ހުއްޓުނުތާ އަށް މަސް
ފަރުވާއަށް ސަލާންޖަހަން ޖެހޭ ކަމަކަށް ނުދެކެން: ނާޒިމް