ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
11 އޯގަސްޓް 2025
ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ހޯކްސް ހޮޓެލްއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ.
ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން އެވެ.
ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރާފައިވާ ކަމަދުއަށް އީދާއި ބޮޑު ޗުއްޓީ ފަދަ ބަންދުތަކުގައި ގިނަ ބަޔަކު މިހާރު ވެސް ޒިޔާރަތް ކުރެ އެވެ. އެ ރަށުގައި ސީ ޕްލޭން ހިދުމަތާ އެކު، ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް ކަމަދޫ ކައުންސިލުން ދެކެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، ކަމަދޫ ސްކޫލުގައި ގާއިމްކުރާ އާ އިމާރާތުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
ކަމަދޫގައި މިއަދު ވަނީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އޭޓީއެމްގެ ހިދުމަތް ވެސް ފަށައިފަ އެވެ.
އަންނަ ހަފުތާގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ފަށަނީ
ރިސޯޓާއެކު ކާށިދޫގައި ސީޕްލޭންގެ ހިދުމަތް ލިބޭނެ:ރައީސް
ދުނިޔެ ސާފުކުރުމުގެ ދުވަސް: ބޮޑު ހަރަކާތް ކަމަދޫގައި!
ފެބްރުއަރީގައި ތޮއްޑު އަށް ސީޕްލޭން ފަށަނީ
ކަމަދޫ ސްކޫލްގެ އާ އިމާރާތް އަޅަން އެފްޑީސީއަށް
މަގު ހަދަން ޖެހޭނީ ރަށްރަށުގެ ރީތިކަން ނުގެއްލޭ ގޮތަށް
ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ޖެނުއަރީ މަހު ފަށަނީ
ސިނގިރޭޓު އެތެރެކުރި މައްސަލާގައި ތިން މީހަކަށް ދައުވާ
ޓީއެމްއޭގެ މުސާރައިގެ 20 ޕަސެންޓު ރުފިިޔާއިން
ބ. އަތޮޅަށް މޯލްޑިވިއަން ސީޕްލޭންގެ ޝެޑިއުލް ދަތުރު