މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާ މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
28 އޯގަސްޓް 2025
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އާ މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ބިލު އަނބުރާ ގެންދަން ގޮވާލައި ނޫސްވެރިން އިހުތިޖާޖުކުރަމުންދަނިކޮށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގޭ ދޮށުގައިއިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ.
މީޑިއާތަކުގެ ކަންބޮޑުވުމާ ގުޅިގެން މިއަދު މެންދުރު ފަހު 1:30 ގައި ރައީސް ވަނީ އެމްޖޭއޭ އާއި މީޑިއާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމަވައިފަ އެވެ. މިއީ އެ ބިލާ ގުޅިގެން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ނޫސްވެރިން ޕްރެޝާކުރަމުން ދަނިކޮށް، ރައީސް އޮފީހުގެ ބޭރުގައި ހުންނަ މި ސަރުކާރުން ހެދި "މީޑިއާ ފެންޑާ"ގެ ކުރިމައްޗަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ނުކުމެވަޑައިގަތުމާ އެކު ނޫސްވެރިން ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ގިނަ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޚަލީލް ވިދާޅުވީ އެ ބިލުގެ ދަށުން އުފައްދަން ހުށަހަޅާ މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނުގައި ރައީސްގެ އެއްވެސް ބާރެއް އޮންނަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު މިހާރު ބިލު އޮތް ގޮތުން ކޮމިޝަނަށް ތިން މެމްބަރުން ނަގާނީ ރައީސެވެ.
އެ ދެ ބޭފުޅުން ވެސް ވަނީ ބިލުގައި ރަނގަޅުކުރަން ކަންކަން އެބަ ހުރި ކަމަށާއި ކޮމިޓީ މަރުހަލާގައި މަޝްވަރާކޮށްގެން އެކަން ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ހަންނާނުގެ މަޖިލީހަށް އެ ބިލު ހުށަހެޅިޔަސް ޕީއެންސީގެ މެމްބަރުން ވަނީ މި ބިލަށް ތާއީދުކޮށްފަ އެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
ނޫސްވެރިންނަށް ތަންމިނަށް މިނިވަންކަން ދީފައިވޭ: ސައީދު
"ނޫސްވެރިން އުލުބައިންދަން ނުބުނެވޭ، މައްސަލަ ބަލާނެ"
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ބާރެއް ބޭނުންފުޅެއް ނޫން: ޚަލީލް
މުލީއާގެ ކުރިމަތީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ
މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ގޮވާލައިފި
ދައުލަތުގެ ބަޖެޓުން މީޑިއާއަށް ފައިސާ ދޭ އުސޫލު ނެރެފި
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި