ނިއު ލެގޫން ސްވިމިން ކްލަބްގެ 40 އަށް ވުރެ ގިނަ އެތުލީޓުން ތައިލެންޑްގައި ބާއްވާ އޭޝިއާގެ ސްކޫލް އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ވާދަކުރަން ފުރައިފި އެވެ.
03 ސެޕްޓެމްބަރ 2025
ނިއު ލެގޫން ސްވިމިން ކްލަބްގެ 40 އަށް ވުރެ ގިނަ އެތުލީޓުން ތައިލެންޑްގައި ބާއްވާ އޭޝިއާގެ ސްކޫލް އިންވިޓޭޝަނަލް ފެތުމުގެ މުބާރާތުގައި ވާދަކުރަން ފުރައިފި އެވެ.
އޭޝިއަން އޯޕަން ސްކޫލް އިންވިޓޭޝަނަލް ޝޯޓްކޯސް މުބާރާތަކީ އަމިއްލަ ކްލަބްތަކަށާއި އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ ޖޫނިއާ މުބާރާތެކެވެ.
މިދިޔަ އަހަރު ވެސް މި މުބާރާތުގައި ރާއްޖޭގެ ބައެއް އެކަޑަމީތަކުން އަމިއްލަ ގޮތުން ބައިވެރި ވެފައި ވެއެވެ. މިފަހަރު އެ މުބާރާތުގައި ރާއްޖޭން މިފަހަރު ދެން ވާދަކުރަނީ ކްލަބް ބޮޑު ރިޔާ އާއި އަކުއާ ފިނާ އެވެ.
އެ ކްލަބުން ޖުމުލަ 41 ފެތުންތެރިން 450 އަށް ވުރެ ގިނަ އިވެންޓްގައި ވާދަކުރާނެ ކަަމަށް ކްލަބްގެ އޮފިޝަލް ބުންޏެވެ.
ޝޯޓްކޯސް.(25 މީޓަރު) ޕޫލުގައި ކުރިއަށްގެންދާ މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތް ކުރިއަށްގެންދާނީ ބެންކޮކްގެ އެސަމްޝަން ޔުނިވަސިޓީގެ އަކްއާޓިކް ސެންޓަރުގަ އެވެ.
ތައިލެންޑުގެ މުބާރާތުން ލޫތު އާއި މައާދު އަށް ތިންވަނަ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެސްޓިވަލެއް
ތައިލެންޑް މުބާރާތުގައި ރާއްޖޭގެ އީން ވިދާލައިފި
100އަށް ވުރެ ގިނަ ކުދިން ފެތުމުގެ ތަމްރީން ހަދައިފި
ރާއްޖޭގެ ކުޅިވަރު ތަރައްގީ އަށް ތައިލެންޑުން އެހީވަނީ
ފިހުނު މީހާއަށް ފަރުވާ ދޭން ތައިލެންޑަށް ގެންގޮސްފި
ތިނަދޫގައި ހަށިވިއްކަން ތިބި ދެ މީހަކު އަތުލައިގެންފި
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
"މަރުވި" މީހަކު އަންދާލަން އުޅެނިކޮށް ހަރަކާތްކޮށްފި
މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު މެކްސިކޯއަށް