ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ "އެޑިޓާސް ގިލްޑު"ގެ ރައީސްގެ މަގާމުން ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
15 ސެޕްޓެމްބަރ 2025
ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ "އެޑިޓާސް ގިލްޑު"ގެ ރައީސްގެ މަގާމުން ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހިރިގާ، އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެޑިޓާސް ގިލްޑުގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުގައި ކަމަށެވެ. އެހެންވެ، އެ ޖަމިއްޔާ މި ވަގުތު އޮތީ ޕެރިލައިޒްވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިގާ ވިދާޅުވީ، ނޫސްވެރިންނާއި ޖުމްލަކޮށް މުޅި މީޑިއާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެ ޖަމިއްޔާއިން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"އެހެން ކަމާއެކު، އެފަދަ ޖަމިއްޔާއެއް ލީޑުކުރަން ހުރުމަކަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ،" ބަޔާނުގައިވެ އެވެ.
މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ މެދު ރާއްޖެއާ ބޭރުގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ނޫސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
މީގެ ހަތަރު އަހަރު ކުރިން އުފެއްދި އެ ޖަމިއްޔާގެ އެކްސްކޯގައި ހަތް މެމްބަރުން ތިބެ އެވެ.
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސަކަށް ހިރިގާ ޒާހިރު
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އޭގެ ގައިދުތައް
މީޑިއާ ގާނޫނު އުވާލަން އދ. އިން ގޮވާލައިފި
އެހީ ނުލިބި ރަނގަޅު މީޑިއާތައް ނެތިދާނެކަމުގެ އިންޒާރު
މީިޑިއާ ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މީޑިއާ ބިލް ތަސްދީގު ނުކުރަން އެމްޖޭއޭއިން އެދިއްޖެ
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
އިސްލާހުތަކާ އެކު ރަނގަޅު ބިލެއް އަންނާނެ: ނާޒިމް