ރާއްޖޭގެ ފުލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އުރީދޫން ތައްޔާރު ކުރި ކަލަންޑަރުގައި މި މަހަށް ހާއްސަކޮށްފައިވާ ކެރެކްޓާ ކަމަށްވާ ރަންނަމާރި އާއެކު މިހާރު ޗެޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
16 ސެޕްޓެމްބަރ 2025
ރާއްޖޭގެ ފުލޯކު ވާހަކަތަކުގެ ކެރެކްޓާތައް ހިމަނައިގެން އުރީދޫން ތައްޔާރު ކުރި ކަލަންޑަރުގައި މި މަހަށް ހާއްސަކޮށްފައިވާ ކެރެކްޓާ ކަމަށްވާ ރަންނަމާރި އާއެކު މިހާރު ޗެޓް ކުރެވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫގެ މިއަހަރުގެ ކަލަންޑަރަކީ ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން، އޭއައިގެ އެހީގައި ކެރެކްޓާތަކާއި ޗެޓު ކުރެވޭ ފީޗާއާ އެކު ތައާރަފްކުރި ކަލަންޑަރެކެވެ. އެ ކަލަންޑަރުން ކޮންމެ މަހަކު ވެސް ޗެޓް ކުރެވޭނެ އާ ކެރެކްޓާއެއް އަންލޮކް ވާނެ އެވެ. ކޮންމެ މަހަކު ވެސް ޗެޓަށް ތައާރަފްވާ ކެރެކްޓާއަކީ އެ މަހަކަށް ހާއްސަކޮށް އިލަސްޓްރޭޓުކޮށްފައިވާ ކެރެކްޓާ އެވެ.
އެ ކެރެކްޓާތަކާ ޗެޓްކުރުމުގެ ފީޗާ ޑިވަލޮޕް ކުރުމުގައި އެ ކެރެކްޓާއެއްގައި ހިމެނޭ ސިފަތައް ވާހަކަ ދައްކާއިރު އެނގެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނީ އެ ކުންފުންޏަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ސަގާފަތާއި ރާއްޖެއާ ގުޅުންހުރި އެކި ކަންތައްތައް ދިރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ނެރޭ ކަލަންޑަރުތަކަކީ އެ މަގުސަދު ހާސިލްވާ ގޮތަށް ފަރުމާ ކުރަމުން އަންނަ ކަލަންޑަރުތަކެއް ކަމަށާއި އަމާޒަކީ ތަފާތު ގޮތަކަށް ދިވެހި ސަގާފަތާއި ރާއްޖޭގެ އެކި ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް ބުންޏެވެ.
ފޯކްލޯރަށް ހާއްސަކޮށް އުރީދޫން މިއަހަރަށް ތައްޔާރު ކުރި ކަލަންޑަރުގައި ފޫޅުދިގު ހަންޑި އާއި ސަފަރުކަތްދަ އާއި މާކުންބެ ފަދަ މަޝްހޫރު އެކި ފޯކްލޯރު ކެރެކްޓާތައް ހިމަނާފައިވެ އެވެ. ޖުމްލަ 12 ކެރެކްޓާ ހިމެނޭ މި ކަލަންޑަރުގައި މިހާތަނަށް އަންލޮކްވެފައި ހުރި ހުރިހާ ކެރެކްޓާއަކާ އެކު ޗެޓްކުރެވޭނެ އެވެ.
އުރީދޫން ނެރުނު ކަލަންޑަރުގެ ކެރެކްޓާތަކާ ޗެޓު ކުރެވޭނީ އޭގައި ހިމެނޭ އެންއެފްސީގައި ފޯނު ޖައްސައިގެން ނުވަތަ ސްކޭންކޮށްގެން ލިބޭ ލިންކަށް ވަދެގެންނެވެ. ކޮންމެ މަހަކު ވެސް އާ ކެރެކްޓާއަކާ ޗެޓްކުރެވޭނެ އެވެ. މި އަހަރު ނިމޭއިރު މި ކަލަންޑަރު މެދުވެރިކޮށް ޖުމްލަ 12 ކެރެކްޓާއަކާ ޗެޓް ކުރެވޭނެ އެވެ.
ކޮންމެ ކެރެކްޓާއަކާ އެކު ކުރާ ޗެޓަކީ ކޮންމެ 24 ގަޑިއިރަކުން ރީސެޓު ވާނެ ޗެޓެކެވެ. އެހެންވެ, އެއް ސުވާލެއް ފަހުން ތަކުރާރު ކުރިޔަސް، ލިބޭ ޖަވާބުތައް ތަފާތުވާނެ އެވެ. އަދި އޭއައިއަށް ވުމުން ކެރެކްޓާއާ ޗެޓުކުރާ ވަރަކަށް އިތުރަށް ކެރެކްޓާތައް ޑިވެލޮޕްވެ, ޗެޓްކުރާ މީހާ ވެސް ދަސްކުރާނެ އެވެ.
ތޫފާނު އެރި ގައުމުތަކަށް އެމްފައިސާއިން ފައިސާ ފޮނުވޭނެ
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ
އުރީދޫ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭނެ
އުރީދޫ "ފަން ރަން" ކިޓުތަކުގެ ފްލޭޝް ސޭލެއް މިއަދު
އީޒްއެޕަށް އެމްފައިސާ ތައާރަފް ކުރަނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
ރާއްޖޭގައި ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި
"ގޫގުލް ދިވަރާ"އެކު ޑިޖިޓަލް ހަބަކަށް ހަދަން ތައްޔާރު
ފިންޓެކާ އެކު އިގްތިސާދީ ކުރިއެރުން ލިބޭނެ: ނިޔާޒް
"ޝާމިލް 2025"ގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ