އިންޑިއާގެ މާއޮއިސްޓުން ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ 60 އަހަރަށް ފަހު ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
އިންޑިއާގެ މާއޮއިސްޓުން ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ 60 އަހަރަށް ފަހު ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
މާއޮއިސްޓުންނާ ދެކޮޅަށް ސަރުކާރުން ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ފަށައި ހަނގުރާމަވެރިންގެ އިސް ކޮމާންޑަރުންގެ ތެރެއިން، އެ މީހެއްގެ ބޮލަށް 113،000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކޮމާންޑަރަކު ވެސް އިއްޔެ ވަނީ މަރާލައިފި އެވެ.
"ދުނިޔޭގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކާއި ބޮޑުވަޒީރާއި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސް އޮފިސަރުން ވެސް ތަކުރާރުކޮށް އިލްތިމާސްކުރަމުން ދިއުމާ އެކު، ހަތިޔާރު ބަހައްޓައި މި ހަނގުރާމަ މެދުކަނޑާލަން ނިންމައިފިން،" މާއޮއިސްޓުންގެ ތަރުޖަމާނެއް ކަމަށްވާ އަބޭ ނެރުނު ބަޔާނުގައިވެ އެވެ.
"އަހަރެމެން މި ތިބީ ސަރުކާރާ އެކު މަޝްވަރާ ފެށުމަށް ތައްޔާރަށް."
މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި ވަކި ޖަވާބެއް ނުދެ އެވެ.
މީގެ 60 ވަރަކަށް އަހަރު ކުރިން މާއޮއިސްޓުންގެ ބާރުގަދަ ގެރިއްލާ މޫވްމަންޓް އުފެދުނު ހިމާލަޔާ ފަރުބަދަތަކުގެ ތެރޭގައި އޮންނަ ވިލެޖަކަށް ނިސްބަތްކޮށް ނަކްސަލައިޓްގެ ނަން ދީފައިވާ ހަނގުރާމަވެރިންގެ ބާކީ ތިބި މީހުން ނައްތާލަން ސަރުކާރުން ގެންދަނީ ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އަންނަ އަހަރުގެ މާޗްގެ ނިޔަލަށް މާއޮއިސްޓުންގެ ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ވަނީ ދީފަ އެވެ.
މަދު އަވަށްތަކެއްގެ ބަޔަކު 1967 ވަނަ އަހަރު އެ މީހުންގެ ހީލަތްތެރި ލީޑަރުންނާ ދެކޮޅަށް ތެދުވެ ފެށި ހަނގުރާމައިން އުފަންވި މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަނގުރާމަވެރިންނާއި ސިފައިންނާއި އާންމުންގެ 12،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ހަނގުރާމަވެރިންގެ ބަޔާނުގައި ބުނެފައިވަނީ ކަންކަން ބަދަލުވެފައިވާ ގޮތަށް ރިއާޔަތްކޮށް، އެ ޖަމާއަތުން އިސްކަން ދޭނީ ސުލްހަވެރި ހައްލުތައް ހޯދަން ކަމަށާއި އެ މަގްސަދުގައި އެކި ލީޑަރުންނާއި ނުފޫޒު ގަދަ ޖަމާއަތްތަކާ ވެސް ބައްދަލުވުންތައް ބާއްވަމުން ގެންދާނެ ކަމަށެވެ.
މާއޮއިސްޓުންގެ ލީޑަރު ނަންބަލާ ކޭޝަވް ރާއޯ އާއި އެ ޖަމާއަތުގެ އިތުރު 26 ހަނގުރާމަވެރިޔަކު އިންޑިއާގެ ކޮމާންޑޯއިންގެ ހަމަލާތަކެއްގައި ވަނީ މިދިޔަ މެއި މަހު މަރާލައިފަ އެވެ.
މާއޮއިސްޓުންގެ ބާރު އެންމެ ގަދަވި 2000 ގެ މެދުތެރޭގައި އިންޑިއާގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބައި އެ މީހުންގެ 15،000-20،000 ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތެވެ.
އިންޑިއާގެ މާއޮއިސްޓް ލީޑަރު މަރާލައިފި
މިނިކާކުއްތާ ހަމަލާދީ އިންޑިއާއިން 9 މީހަކު މަރާލައިފި
އިތިއޯޕިއާގެ އަލިފާން ފަރުބަދައެއްގެ ދުން އިންޑިއާއަށް
ބެންގަލޫރު ބޭންކަކުން 70 މިލިއަން ރުޕީސް ފޭރިގެންފި
ތަރިންނާއެކު އިންޑިއާގައި އަނެއްކާވެސް ބޮޑު ކައިވެންޏެއް
އޮސްޓްރޭލިއާއަށް ކުޅުނު ފޯވާޑް އިންޑިއާގެ ގައުމީ ޓީމަށް
ކުޅުދުއްފުއްޓަށް ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި
ދުބާއީ އެއާޝޯގައި އިންޑިއާގެ ފައިޓަ ޖެޓެއް ވެއްޓިއްޖެ
22 އަހަރަށްފަހު ބަންގްލަދޭޝްއިން އިންޑިއާ ބަލިކޮށްފި!
މަދީނާ އެކްސިޑެންޓުގައި އެއް އާއިލާއަކުން 18 މަރު