ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ސަމާހަތުއްޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިއަދު އަވަހާރަވެއްޖެ އެވެ.
23 ސެޕްޓެމްބަރ 2025
ސައުދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސް ސަމާހަތުއްޝައިހް އަބްދުލްއަޒީޒް ބިން އަބްދުﷲ އާލް ޝައިހް މިއަދު އަވަހާރަވެއްޖެ އެވެ.
މުފްތީ އަވަހާރަވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ޝެއިހު އަބްދުލްއަޒީޒަކީ އިސްލާމްދީނަށް ވަރަށް ބޮޑަށް ހިދުމަތްކުރެއްވި އިލްމުވެރިއެއް ކަމަށެވެ. އެ މަނިކުފާނު ވަނީ އެތައް އަހަރެއް ވަންދެން އަރަފާތު ބިމުގައި ހައްޖު ހުތުބާ ވެސް ދެއްވައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުފްތީއަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރަން ނިންމާފައިވާ ކަމަށެވެ. ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
އުމުރުން 82 އަހަރުގައި އަވަހާރަވި ޝައިހު އަބްދުލްއަޒީޒް ވަނީ ޖެނެރަލް ޕްރެޒިޑެންސީ އިސްލާމިކް ރިސާޗް އެންޑް އިފްޓާގެ ޗެއާމަންކަން ފުރުއްވައިފަ އެވެ. އެ މަގާމުގައި އެ މަނިކުފާނު ހުންނެވީ މިނިސްޓަރުކަމުގެ ފެންވަރުގަ އެވެ.
ކުޑައިރު ބައްޕާފުޅު އަވަހާރަވުމުން ޔަތީމު ހާލުގައި އުޅުއްވަމުން ވެސް އެ މަނިކުފާނު ވަނީ ގުރުއާން ހިތުދަސްކުރައްވައިފަ އެވެ. އެއަށްފަހު، ޒުވާން އުމުރުފުޅުގައި ލޮލުގެ ފެނުން ގެއްލުނު ނަމަވެސް ތައުލީމް ހާސިލްކުރެއްވުމަށާއި ދީނަށް ހިދުމަތް ކުރެއްވުން ކުރިއަށް ގެންދެވި އެވެ.
މުފްތީ މިއަދު އަވަހާރަވި އިރު މިއަދަކީ ސައޫދީ އަރަބިއްޔާ އުފެއްދިތާ 95 އަހަރު ފުރުނު ގައުމީ ދުވަހެވެ.
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ބާކީވާ ހައްޖު ކޯޓާގެ ބައެއް ރާއްޖެއަށް ހޯދަން މަޝްވަރާ
"ހައްޖާ ގުޅޭ ހެލްތު ސާކިއުލާއަކީ އާ އުސޫލެއް ނޫން"
ސައުދީން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފި
ސްކޫލު ބަންދުގައި އުމްރާއަށް 4،000 އެއްހާ މީހުން
ކޯމާގައި 20 އަހަރު ފަހުން ޕްރިންސް އަވަހާރަވެއްޖެ
ފަރީދު: ކެރުމާ އެކު، އަބަދުވެސް އިސްކުރެއްވީ ދީން
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
ހުރިހާ ހައްޖުވެރިން މައްކާގައި، ހާލު ރަނގަޅު
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް