މީޑިއާތަކަށް ދައުލަތުން ދޫކުރާ މާލީ އެހީ ހޯދަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މީޑިއާތަކަށް ދައުލަތުން ދޫކުރާ މާލީ އެހީ ހޯދަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ކުރިން ހުޅުވާލީ މާދަމާގެ ނިޔަލަށެެވެ. ނަމަވެސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި، އާންމުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓަށް ވާ މިންވަރެވެ.
އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން ކެންސަލް
މީޑިއާ ކޮމިޝަނަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި
މީޑިއާކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އޭގެ ގައިދުތައް
މީޑިއާ ގާނޫނު އުވާލަން އދ. އިން ގޮވާލައިފި
އެހީ ނުލިބި ރަނގަޅު މީޑިއާތައް ނެތިދާނެކަމުގެ އިންޒާރު
މީިޑިއާ ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި
ގާނޫނަށް ތަބާ ނުވުމުގެ ފުރުސަތެއް ނުދޭނަން: ރައީސް
މީޑިއާ ބިލު ތަސްދީގު ކުރުމުން ސީޕީޖޭގެ ކަންބޮޑުވުން